English Edition
Dhivehi Edition
ލެގަސީ ފިޓްނަސް އިން މީގެ ކުރިންކުރިއަށްގެންދިޔަ ޕްރޮގްރާމެއްގެ ބައިވެރިން:ފޮޓޯ ލެގަސީ ފިޓްނަސް

ކާމިޔާބު ކަމާއިއެކު ވޭތުވެދިޔަ އަހަރުތަކުގައި ފިޓްނަސް އެތައްކޯސްތަކެއް ގެނެސްދިން ލެގަސީ ފިޓްނަސްއިން 2024 އަށް ކުރިއަށް ގެންދަން ހަމަޖެހިފައިވާ އެންމެ ފަހުކޯސްތައް އިއުލާނުކޮށްފިއެވެ.

މިއީ ފިޓްނަސް އެޑިއުޓްރެއިނިންގެ އޭޝިޔާއާއި ގުޅިގެން ކުރިއަށް ގެންދެވޭ ކޯސްތަކެކެވެ.

އެގޮތުން ނޮވެމްބަރު މަހަށް ތާވަލުކޮށްފައިވާ ކޯސްތަކުގެ ތެރޭގައި ފައުންޑޭޝަން/ އެކްސަރސައިޒް ޓެކްނިކް ވޯކްޝޮޕާއި ބޫޓިލިޝަސް ގެ އިތުރުން އިންޓްރޮޑަކްޓަރީ މެޓްބޭސް ޕިލާޓޭސް ވޯކްޝޮޕެވެ.

ފައުންޑޭޝަން/އެކްސަރސައިޒް ޓެކްނިކް ވޯކްޝޮޕް: މިވާރކްޝޮޕަކި ރާއްޖޭގައި ބޭއްވޭ ތިންވަނަބެޗެވެ. ބޮޑުތަރުހީބެއް ލިބިފައިވާ މިކޯހަކީ ޕަރސަނަލް ޓްރެއިނާ ކޯސްގެ ކުރިން އެމީހަކަށް ކަސްރަތުކޮށްދޭ ގޮތާއި އުކުޅުތަކާއި ފިޓްނަސް ދާއިރާގެ އާ ހޯދުންތަކުގެ މައްޗަށް ބިނާކޮށް ކުރއަށްގެންދެވޭ ކޯހެކެވެ. މިހާތަނަށް ޖުމްލަ 39 ބައިވެރިން ބައިވެރިވެފައިވާ މިކޯސް މިފަހަރު ރޭވިފައި މިވަނީ ނޮވެމްބަރު މަހުގެ ތިންވަނަ ދުވަހު ހެދުނު 08:30 އިން ހަވީރު 04:30 ނިޔަލަށެވެ. އެއްދުވަހަށް ޖުމްލަ އަށް ގަޑިއިރު ހިމެނޭ ގޮތަށް ކުރިއަށް ގެންދާ މި ކޯހުގެ ފީއަކީ 1500 ރުފިޔާއެވެ.

ބޫޓިލިޝަސް: މީ މިޒަމާނުގައި އަންހެންކުދިންގެ މެދުގައި މަގުބޫލު ކޯހެކެވެ. ލޯވަރ ބޮޑީ ނުވަތަ ފައިގެ ބައްޓަން ރީތިކުރުމަށް ބޭނުންވާ އުކުޅުތަށް ހިމެނޭ މިކޯހަކީ ވެސް މީގެ ކުރިން 22 ޓްރެއިނަރުންނަށް ގެނެސްދީފައިވާ ކޯހެކެވެ، މިކޯހުގެ ބާނީ އަދި އެތައް ޓްރެއިނަރުންނެއް އެޝިޔާ ބައްރަށް ނެރެދީފައިވާ ޖެރިކަންގެ އެހީގައި މިކޯސް ކުރިއަށް ގެންދާނީ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ހަވީރު 5 އަކުން 8 ގެ ނިޔަލަށެވެ. މިކޯހުގެ އަގަކީ 1580ރ އެވެ.

މުޅިންއަލަށް ރާއްޖެއަށް ތާއާރަފް ވެގެންދާ އިންޓްރޮޑަކްޓަރީ މެޓްބޭސް ޕިލާޓޭސް ވޯކްޝޮޕް ވެސް ރޭވިފައިމިވަނީ ނޮވެމްބަރު މަހުގެ 4 ވަނަ ދުވަހަށެވެ، ޕިލާޓޭސްއަކީ ގިނަބައެއްގެ މަގުބޫލުކަންލިބިފައިވާ އަދި ޝޯޝަލް މީޑިއާގައި ވައިރަލްވަމުން އަންނަ އެއްޗެއްވެސް މެއެވެ، މުޅިން އަލަށް ރާއްޖޭގައި ފަށާ ޕިލާޓޭސްގެ މާސްޓަރ ކްލާހެއްވެސް ބޭއްވުމަށް ވަނީ ނިންމާފައެވެ. މިފަހަރުގެ ކޯހަކީ އަޖުމަ ބަލާލުމުގެ ގޮތުން ކުރިއަށް ގެންދާ ކޯހެކެވެ.

ހެނދުނު 7 ކުން 8 އަށް ކުރިއަށް ގެންދެވޭ މިކޯސް ދާނީ މޮބި ޕިލާޓޭސްގެ ފައުންޑަރ އަދި މާސްޓަރ ޕިލާޓޭސް އިންސްޓްރަކްޓަރ މެލަޑީއާއި އެކުއެވެ. މާސްޓާރ ކްލާހަށް ފަހު މެޓްބޭސްޑް ވޯކްޝޮޕެއްވެސް އެދުވަހުގެ 9 އަކުން 11 އަށް ކުރިއަށް ދާނެއެވެ. މާސްޓަރ ކްލާހުގެ އަގަކީ 400ރ އަދި ވޯކްޝޮޕްއަގަކީ 1250ރ އެވެ. ދެޕްރޮގްރާމުގައި ބައިވެރިވާން ބޭނުންނަމަ 1500ރ އަށް ބައިވެރިވެވޭނެއެވެ.

މިކޯސްތައް ކުރިއަށް ގެންދަނީ ބައިނަލް އަގުވާމީގޮތުން އެތައް ފިޓްނަސް ކޯސްތަކެއް އޭޝިއާ ބައްރުގައި ފޯރުކޮށްދީފައިވާ އިންސްޓިޓުޓް އެއް ކަމަށްވާ ފިޓްނަސް އެޑިއުޓެރެއިންންގެ އޭޝިއާއި(އެފް.އީ.އޭ) ލެގަސީ އާއި ގުޅިގެންނެވެ. އަދި ކޯހުގައި ކިޔަވައިދޭނީ މިކޯސްފަރުމާކުރި ބާނީ އަދި ފިޓްނަސް އެޑިއުކޭޝަން ދާއިރާގައި އެތައް އާ މޫނުތަކެއް ނެރެދީފައިވާ ޖެރިކަން އާއި ރާއްޖޭގެ ފިޓަނަސްދާއިރާގައި އެތައް ކޯސްތަކެއް ގެނެސްދިން އަދި ބައިނަލްއަގުވާމީގޮތުން ފާހަގަކޮށްލެވޭ ކޯހެއް ފެސިލިޓޭޓްކޮށްދޭ ފުރަތަމަ ދިވެހި ޓްރެއިނާއެއް ކަމަށްވާ ރިޔާޝްގެ އެހީގައެވެ،