English Edition
Dhivehi Edition

މި ސަރުކާރުގެ ރުހުން ނުދިން ތިން ވަޒީރުންގެ މައްސަލަ މިއަދުގެ މަޖިލީހުގެ މިއަދު ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.

ރުހުން ނުދިނުމުން އަލުން އެ ތިން ވަޒީރުން މަގާމަށް އައްޔަން ކުރުމަށް ފަހު ރުހުން ހޯދުމަށް ސަރުކާރުން ފޮނުވާފައިވާ މައްސަލަ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައިވާއިރު، މި މައްސަލަ މިއަދުގެ ޖަލްސާއަށް ތަވާލު ކޮށްފައިވަނީ މިއަދު މެންދުރު 1:00 އަށެވެ.

ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން އައްޔަނުކުރި 22 ވަޒީރުންގެ ތެރެއިން ތިން ވަޒީރަކަށް ރުހުން ނުދިނުމަށް، މި ހިނގަމުންދާ ދައުރުގައި އިދިކޮޅު އެމްޑީޕީގެ ސުޕަރ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހުން ވަނީ ނިންމާފައެވެ. އެގޮތުން ރުހުން ނުދިން ތިން ވަޒީރުންގެ ތެރޭގައި ހިމެނެނީ ބަންޑާރަ ނައިބުގެ މަގާމަށް އަޙްމަދު އުޝާމް އާއި ހައުސިން މިނިސްޓަރުކަމަށް ޢަލީ ހައިދަރުގެ އިތުރުން އިސްލާމިކް މިނިސްޓަރުކަމަށް ޑރ މުޙައްމަދު ޝަހީމް ޢަލީ ސައީދުއެވެ.

އެމްޑީޕީގެ ސުޕަމެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހުން މި ތިން ވަޒީރުންނަށް ރުހުން ނުދިން ނަމަވެސް ސަރުކާރުގެ ކޯލިޝަންގެ ފުރިހަމަ އިތުބާރު އޮތްކަމަށް ބުނެ، ރައީސް ޑރ.މުއިއްޒު ވަނީ އަނެއްކާވެސް އެ ތިން ބޭފުޅުން ހަމަ އެ މަޤާމުތަކަށް އައްޔަނުކުރައްވާފައެވެ.