English Edition
Dhivehi Edition

ރާއްޖޭގެ ހުރިހާ ސަރަޙައްދަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނަކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު އެލަރޓް ނެރެފިއެވެ. މި އެލަރޓް ނެރެފައިވަނީ މިއަދު ހަވީރު 17:00 އިން 21:00 އަށެވެ.

މޫސުމާ ބެހޭ ގައުމ އިދާރާއިން ވިދާޅުވީ ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 30 މޭލަށް ވައި ގަދަވުން އެކަށީގެން ވާކަމަށެވެ. އަދި ވިލާގަނޑުގައި ކަނޑުތައް ގަދަވިކަމުގައި ވީނަމަވެސް އާއްމުކޮށް ކަނޑު މަޑުވާނެކަމަށާއި އެއްވެސް ރަށަކަށް އުދަ އަރާނެކަމަށް ލަފާނުކުރެވޭކަމަށްވެސް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.

މީގެ އިތުރުން ޅ.އަތޮޅާއި މ.އަތޮޅަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް ވަނީ ރީނދޫ އެލާޓްވެސް ނެރެފައެވެ.

އެ އިދާރާއިން ވިދާޅުވީ ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ކުރަމުންދާ ވިއްސާރއަކީ މިއީ ދެ މޫސުން ބޭދޭ ދުވަސްވަރަކަށް ވުމާއެކު ކުރާ ވިއްސާރައެއްކަމަށެވެ.