English Edition
Dhivehi Edition
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

ރައްޔިތުންގެ މަޖިލީހުން ޕީއެންސީއަށް ލިބުނު ސުޕަ މެޖޯރިޓީއާއެކު, އެތައް ގުނައަކުން ސްޕީޑު އަވަސްކޮށް މަސައްކަތް ފަށާނެކަމަަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވީ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރު ކޯލިޝަނުގެ ކެނޑިޑޭޓުން ހޯދި ކާމިޔާބީ ފާހަގަ ކުރުމަށް މިރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ހަފްލާގައި ވާހަކަ ދައްވަމުންނެވެ.

“އިރާދަ ކުރެއްވިއްޔާ ދެން ފެށޭނީ މި ގައުމުގެ ތަރައްގީގެ މަސައްކަތް. އަޅުގަނޑު ކެބިނެޓުގެ މެންބަރުންނާއި. ކުންފުނިތަކުގެ ވެރިންނާއި މަޖިލިސް މެންބަރުންނަށް ދަންނަވާލަން އޮތީ ވޭތުވެދިޔަ ފަސް މަސް ދުވަސް އެއީ އެއްވެސް އެއްޗެއް ނޫނޭ. ތިބޭފުޅުން ދެން އުޅުއްވަންޖެހޭނީ ސައްވީސް ގަޑީރު ހޭލައޭ,” – ރައީސް މުއިއްޒު ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވިދާޅުވީ ފާއިތުވީ ފަސް މަސް ދުވަހު މަސައްކަތް ކުރެއްވީ ވަރަށް ދަތިހާލުގައި ކަމަށާއި, ނަމަވެސް އެ މަސައްކަތުން ނަތީޖާ ނެރެވުނުކަމަށެވެ.

ޓެގު