English Edition
Dhivehi Edition
ފަހުމީއަށް މަގާމުގެ ފަތް ކޮޅު އަރުއްވަނީ: ފޮޓޯ/ރައީސް އޮފީސް

މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒްގެ މަގާމަށް އައްޔަނުކުރެވުނު މުހައްމަދު ފަހުމީ ޙަސަން، އެ މަގާމުން ވަކިކޮށްފިއެވެ.

މިމަހުގެ 20 ވީ ހޯމަދުވަހު މިނިސްޓްރީ އޮފް ފޮރިން އެފެއާޒުގެ ސްޓޭޓް މިނިސްޓަރު ކަމަށް އައްޔަން ކުރި ފަހުމީ އެ މަގާމުން ވަކި ކުރިކަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ޔަގީންކޮށް ދެއްވާފައިވާއިރު އޭނާ މަގާމުން ވަކިކުރި ސަބަބު ސާފުކޮށް ދެއްވާފައެއް ނުވެއެވެ/

ފަހުމީ ވަނީ މީގެ ކުރިން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ރައީސްގެ މަގާމުގައި ހުންނަވައިގެން އެ ކޮމިޝަންގެ އަންހެން މުވައްޒަފަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކޮށް، އެ ކޮމިޝަންގެ ރައީސްކަމާއި މެމްބަރުކަމުން ވަކިކޮށްފައެވެ. އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުން 2013 ގައި އެ ކޯޓުން ނިންމީ އޭނާ ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ނިންމި ހުރިހާ އިޖްރައާތެއް ބާތިލް ކަމަށެވެ.

ފަހުމީގެ މައްޗަށް ކުރެވުނު ޖިންސީ ގޯނާގެ ތުހުމަތާއި ހުރެ އޭނާ މިސަރުކާރުގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް އައްޔަންކުރެއްވުމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް ސަރުކާރަށް އަމާޒުވެގެން ދިޔައެވެ.