English Edition
Dhivehi Edition
އެމްޓީސީސީ ޓަވަރ - ފޮޓޯ: މުޙައްމަދު މުޒައްޔިން ނާޒިމް (ސަން)

ސަރުކާރު ކުންފުނިތަކުން އަމިއްލަ ފަރާތްތަކަށް ދައްކަން ޖެހޭ ފައިސާ ދޫކުރަން ފަށާފައިވާކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ހުވަދުއަތޮޅު ދެކުނުބުރިއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ހޯނޑެއްދުއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ސަރުކާރުން މަސައްކަތް ކުރަނީ ރާއްޖެ ދަރަނިވިޔަ ނުދީ، ފައިސާ ޗާޕުނުކޮށް، ރައްޔިތުންނަށް ދޭން ޖެހޭ ފައިސާ ދެމުން، އަދި ފައިސާގެ އަގު ހިފަހައްޓައިގެން ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދަން ކަމަށެވެ.

ސަރުކާރުން ކޮށްފަ ހުރި މަސައްކަތްތަކަށް ދައްކަންޖެހޭ 500 މިލިއަނަށް ވުރެ ގިނަ ރުފިޔާ، ދިވެހި އެކިއެކި ކުންފުނިތަކަށް މިހާރުވެސް ދައްކާފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ފެނަކަ، އާރްޑީސީ އެމްޓީސީސީ އަދި ވެމްކޯ ފަދަ ކުންފުނިތަކުން، އަމިއްލަ ކުންފުނިތައް މެދުވެރިކޮށް މަސައްކަތްކުރުވުމަށްފަހު ބޮޑެތި އަދަދުތަކުން ފައިސާ ނުދައްކާ ހުރިކަމަށާއި އެހުރިހާ ފައިސާއެއް ރޯދައިގެ ކުރިން ދައްކާ ހަލާސްކުރުމަށް މަސައްކަތްކުރައްވަމުންދާކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ރާއްޖެއިން ބޭރަށް ދައްކަން ޖެހޭ ދަރަނިތައްވެސް ދެއްކުމުގެ މަސައްކަތްތައް ކުރިއަށްދާކަމަށެވެ.

 

ޓެގު