English Edition
Dhivehi Edition
އިޔާޒު ނަސީމް ފޮޓޯ: އޭއޯ ނިއުސް

އައްޑޫ ސިޓީ މީދޫގެ ތަރައްގީއަށް، ރައީސް ޑރ.މުހައްމަދު މުއިއްޒު ވައުދުވެ ވަޑައިގެންނެވި ކަންތައްތައް ފުއްދުމަށްޓަކައި އެންމެ ބޮޑު އެއްބާރުލުމެއް ދެއްވާނެ އެއް ކެންޑިޑޭޓަކީ ޕީއެންސީ ޓިކެޓްގައި މަޖިލީހަށް ވާދަކުރައްވާ އިޔާޒު ޖާދުﷲ ނަސީމްއަށް ކަމުގައި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް ވިދާޅުވީ ރައީސް މުއިއްޒުގެ މެނިފެސްޓޯ ތަންފީޒުކުރުމަށްޓަކައި އިޔާޒުއަކީ ވަރަށް މުހިއްމު މަޖިލީސް މެންބަރަކަށް ވެގެންދާނެ ކަމަށެވެ. އަދި އިޔާޒު އަކީ އިލްމީ، ގާބިލު، އަދި ކޮންމެ ފިކުރަކާއެކުވެސް މަސައްކަތްކުރެވޭނެ ހިތްވަރުގަދަ ޒުވާނެއްކަމުގައި ނައިބު ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

މީދޫ ދާއިރާގެ ތަރައްގީއަށް ރާވާފައިވާ މުހިއްމު ކަންތައްތަކަށް އަލިއަޅުއްވާލައްވަމުން ނައިބު ރައީސް ވިދާޅުވީ ހުޅުދޫ މީދޫގައި ހޮސްޕިޓަލެއް ގާއިމުކުރުމަށްޓަކައި ރައީސް ވެ ވަޑައިގެންނެވި ވައުދު ފުއްދުމަށްޓަކައި، އެކަމަށް ރައްޔިތުންގެ މަޖިލީހުން އެންމެ ބޮޑު އެއްބާރުލުމެއް ދެއްވޭނީ އިޔާޒުއަށް ކަމުގައެވެ. އަދި ރައްޔިތުންގެ މަޖިލީހުން ކުރަންޖެހޭ ކަންތައްތަކުގެ ތެރެއިން މުޅި ރާއްޖެއަށް ގެންނަން ބޭނުންވާ ތަރައްގީއަށްވެސް އިޔާޒު އިންތިހާބުވެއްޖެނަމަ އެއްބާރުލުން ލިބިގެން ދާނެކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ނައިބު ރައީސް ވިދާޅުވީ މީދޫ ދާއިރާގެ ގޮނޑިއަށް އިޔާޒު އިންތިހާބުކުރުމަކީ ވަރަށް ބޮޑު އުއްމީދެއްކަމަށެވެ. އަދި މީދޫގެ ރައްޔިތުން އިޔާޒުއަށް ވޯޓު ދިނުމަށް ނައިބު ރައީސް ވަނީ އެދިވަޑައިގެންފައެވެ.