English Edition
Dhivehi Edition
މިއަދު ކުރިއަށްދާ އިންތިޚާބުގައި ގއ ވިލިނގިލީގައި މީހަކު ވޯޓުލަނީ:ފޮޓޯ އޭއޯ ނިއުސް

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފެށި ހިސާބުން ފެށިގެން މެންދުރުފަހު 1:00 އާއި ހަމައަށް 113,627 މީހުން ވޯޓުލާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އެކޮމިޝަނުން ވިދާޅުވީ މިހާތަނަށް ވޯޓުލާފައިވަނީ ޖުމްލަ 113,627 މީހުންކަމަށެވެ. އޭގެތެރޭގައި ހިމެނެނީ 51،976 އަންހެނުންނާއި، 61،651 ފިރިހެނުންނެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ 39.92 އިންސައްތައެވެ.

އިލެކްޝަންސް ކޮމިޝަނުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ވޯޓުލުމުގެ ހައްޤު ލިބިގެންވާ 284،663 މީހުން ތިބިއިރު، އޭގެތެރެއިން 171،036 މީހުން ވޯޓުނުލައެވެ.

93 ދާއިރާއަކަށް މެންބަރުން އިންތިޚާބުކުރުމަށްޓަކައި ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓުލުން ކުރިއަށްދާނީ ހެނދުނު 8:00 އިން ފެށިގެން ހަވީރު 5:30 އާއި ހަމައަށެވެ.