English Edition
Dhivehi Edition

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފެށި ހިސާބުން، 12:00 އާއި ހަމައަށް 93,224 މީހުން ވޯޓުލާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އެކޮމިޝަނުން ވިދާޅުވީ މިހާތަނަށް ވޯޓުލާފައިވަނީ ޖުމްލަ 93,224 މީހުންކަމަށެވެ. އޭގެތެރޭގައި ހިމެނެނީ 41,980 އަންހެނުންނާއި، 51,244 ފިރިހެނުންނެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ 32.75 އިންސައްތައެވެ.

އިލެކްޝަންސް ކޮމިޝަނުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ވޯޓުލުމުގެ ހައްޤު ލިބިގެންވާ 284،663 މީހުން ތިބިއިރު، އޭގެތެރެއިން 191,439 މީހުން ވޯޓުނުލައެވެ.

93 ދާއިރާއަކަށް މެންބަރުން އިންތިޚާބުކުރުމަށްޓަކައި ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓުލުން ކުރިއަށްދާނީ ހެނދުނު 8:00 އިން ފެށިގެން ހަވީރު 5:30 އާއި ހަމައަށެވެ.