English Edition
Dhivehi Edition
ފޮޓޯ: ފިނޭންސް މިނިސްޓްރީ

ނިމިދިޔަ ފަސް އަހަރަށް ފަހު މިހާރު މިއޮތް ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރު ހަވާލުވިއިރު، ފާސްކުރެވިފައިވަނީ 6.5 ބިލިއަން ރުފިޔާގެ ސަޕްލިމަންޓްރީ ބަޖެޓެއް ކަމަށާއި އަދި ހަމައެއާއެކު ނުދެއްކިހުރި ބިލްތައް 2 ބިލިއަނަށްވުރެ ގިނަކަމަށް މާލީ ވަޒީރު ޑރ. މުޙައްމަދު ޝަފީޤް ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ މީޑިއާ ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައި މާލީ ވަޒީރު ޑރ. މުޙައްމަދު ޝަފީޤް ވިދާޅުވީ ނިމިދިޔަ ފަސް އަހަރަށް ފަހު މިހާރު މިއޮތް ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރު ހަވާލުވިއިރު، ފާސްކުރެވިފައިވަނީ 6.5 ބިލިއަން ރުފިޔާގެ ސަޕްލިމަންޓްރީ ބަޖެޓެއް ކަމަށާއި އަދި ހަމައެއާއެކު ނުދެއްކިހުރި ބިލްތައް 2 ބިލިއަނަށްވުރެ ގިނަކަމަށެވެ. އއަދި އެކަމުގެ ސަބަބުން ސަރުކާރު އިޤްތިޞާދީ ޙާލަތު ރަނގަޅުކުރުމަށް ކުރަންޖެހިފައިވާ މަސައްކަތްތައް ގިނަކަމަށެވެ.

މާލީ ވަޒީރު ވިދާޅުވީ މިއަހަރަށް ފާސްކުރެވިފައިވާ ބަޖެޓަކީވެސް 49.5 ބިލިއަން ރުފިޔާކަމަށާއި އަދި 14 ބިލިއަން ބަޖެޓު ޑެފިސިޓް އެބައުޅޭކަމަށެވެ. އެކަމުގެ ސަބަބުން ފައިނޭންސްކުރުމަށް ބޮޑެތި ދަތިތަކާއި ކުރިމަތިވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި 14 ބިލިއަން ބަޖެޓު ޑެފިސިޓް އުޅޭއިރު، 17 ބިލިއަން ފައިނޭންސިން ހޯދަންއެބަޖެހޭކަމަށާއި އެހެންކަމުން އިޤްތިޞާދު ހަމައަކަށް އެޅުމަށްޓަކާ މިހާލަތުގައި ރަނގަޅު އިންތިޒާމުތަކެއް ހަމަޖެހިގެން އެކަން ކުރަންޖެހޭކަމަށް މާލީ ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ އިޤްތިޞާދު ރަނގަޅުކުރުމަށް ދެމެހެއްޓެނިވިގޮތެއްގައި ކުރިއަށްދިއުމަށް ބަޖެޓު ފައިނޭންސް ހޯދަންޖެހޭކަމަށާއި މިހާރު ރާއްޖޭގެ ދަރަނި %60 ނިސްބަތްވަނީ އެތެރޭގެ ޑޮމެސްޓިކް ދަރަންޏަށްކަމަށެވެ. އަދި ބޭރުގެ ދަރަންޏަކީ %40 ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. އަދި ދަރަންޏަކީ އަދާކުރެވޭ އެއްޗަކަށްވާންޖެހޭކަމަށާއި، ލިބޭ އެއްޗަކުން ޚަރަދުތައް ހަމަޖެއްސުމަކީވެސް މުހިންމުކަމެކެވެ.