English Edition
Dhivehi Edition
ގދ. ތިނަދޫގައި ވޯޓުލުން ކުރިއަށް ދަނީ: ފައިލް ފޮޓޯ ސެމީ/ އޭއޯ ނިއުސް

އިންތިހާބީ މަރުކަޒުތަކުގައި، އިންތިހާބުތަކާ ބެހޭ ގާނޫނާ ހިލާފަށް މަންޒަރު ރެކޯޑު ކުރުމާއި ފޯނު ބޭނުންކުރުން އަދި އިންތިހާބުގައި ބޭނުންކުރާ ތަކެއްޗަށް ގެއްލުން ދިނުން ކަހަލަ ގާނޫނާ ހިލާފު ކަންކަން ކުރާ މީހުންނާމެދު ފިޔަވަޅު އަޅާނެކަމަށް އިލެކްޝަންސް ކޮމިޝަން އީސީ އިން ބުނެފިއެވެ.

އީސީން މިރޭ ބުނީ މިދިޔައަހަރު ރިޔާސީ އިންތިހާބުގައި ވެސް އިލެކްޝަންސް ކޮމިޝަނުގެ މުދައްލައް ގެއްލުންދީ ފޮށި ފަޅައިލުން ފަދަ ކަންކަން ކުރި މީހުންނާއި މެދު ދައުވާކުރުމަށް މިހާރު ވަނީ ޕްރޮސެކިޓުޓާ ޖެނެރަލްގެ އޮފީހަށް ހުށަހަޅައިފައިއެވެ.

މާދަމާ ވިއްސާރަވެދާނެތީ އަވަހަށް ނުކުމެ ވޯޓުލުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އެދިފައެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވޯޓުލުން ކުރިއަށްދާނީ އާދިއްތަ ދުވަހު ހެދުނު 8:00 އިން 5:30 އަށެވެ.

މި އިންތިހާބުގެ މަޖިލީހުގެ 93 ދާއިރާއަށް މެންބަރުން އިންތިހާބު ކުރާނެ އެވެ.