English Edition
Dhivehi Edition
ވޯޓު ފޮއްޓެއް

އާދިއްތަ ދުވަހު މަޖިލީހުގެ 20 ވަނަ އިންތިހާބުގެ ވޯޓުލުން ކުރިޔަށްދާއިރު މާދަމާ ވިއްސާރަކުރާނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައިވާތީ، ވީ އެންމެ އަވަހަކަށް ވޯޓުލާން ނިކުތުމަށް، އިލެކްޝަންސް ކޮމިޝަން (އީސީ) އިން އެދިއްޖެއެވެ.

މާދަމާ ކޮންމެސް ވަރަކަށް ކެރީގެ އަސަރު ފޯރާނެކަމަށް މެޓުން ބުނެއެވެ. އަދި ގުގުރުމަކީ ވެސް އެކަށީގެންވާކަމެކެވެ.

ވޯޓުލާން ދިއުމުގެ ކުރިން ވޯޓު ފޮށި ހުރިތަނާއި, އަރަންޖެހޭ ކިއުޔަގީން ކުރުމަށް އީސީން މިރޭ ވަނީ އެދިފައެވެ.

ވޯޓުލުން ކުރިޔަށްދާނީ ހެނދުނު 8ން ހަވީރު 5:30ށެވެ.