English Edition
Dhivehi Edition
އެމްއެންޑީއެފް ކޯސްޓްގާޑެއް - ފޮޓޯ: އެމްއެންޑީއެފް

ގެއްލިގެން ހޯދަމުންދާ “ފަރިހި 2” ހޯދުމުގެ މަސައްކަތުގައި މިހާރު ކޯސްޓްގާޑް ޝިޕް ޝަހީދު އަލީ ވެސް ހަރަކާތްތެރިވާން ފަށާފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.

އެމްއެންޑީއެފް އިން ބުނީ ހަބަރެއް ނުވެގެން ހޯދަމުންދާ ދޯނި ހޯދުމަށް އެމްއެންޑީއެފުން ކުރަމުންދާ މަސައްކަތް އިތުރަށް ފުޅާކޮށްފައިވާ ކަމަށެވެ. އެ ގޮތުން މި އޮޕަރޭޝަނުގައި ކޯސްޓްގާޑް ޝިޕް ޝަހީދު ޢަލީ މިހާރު ހަރަކާތްތެރިވަމުން އަންނަކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.

އިއްޔެ ހަވީރު މ. މަޑުއްވަރިން ދޯންޏެއްގައި މަހަށް ދިޔަ 3 މީހުންގެ ހަބަރެއްނުވެގެން އެމްއެންޑީއެފް ކޯސްޓްގާޑް ހާބާ ކްރާފްޓް 114 ލޯންޗު އިން އެ މަސައްކަތް ފަށާފައިވަނީ ރޭގެ 23:20 ހާއިރުއެވެ. މި ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނެއްގައި އެމްއެންޑީއެފުން ފުރަތަމަ ފަހަރަށް ޑްރޯން ބޭނުން ކުރަން ފަށާފައިވާއިރު މިހާތަނަށް އެމީހުންގެ އެއްވެސް ހަބަރެއް ވެފައެއް ނުވެއެވެ.

މި ދޯންޏާއި އެ މީހުންނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ އެމަޖެންސީ ނަންބަރު 119 އަށް ނުވަތަ ކޯސްޓްގާޑަށް ގުޅާ އެ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.