English Edition
Dhivehi Edition

އިންޑިއާގެ ސިފައިންތަކެއް އަނެއްކާވެސް ރާއްޖޭގެ މަސްދޯންޏަކަށް އަރާފައިވާކަމަށް ބުނާ މައްސަލައެއް ފެންމަތިވެއްޖެއެވެ.

ރާއްޖޭގެ ހާއްސަ އިގްތިސޯދީ ސަރަހައްދު ތެރޭ މަސްވެރިކަން ކުރަމުންދިޔަ ދިވެހި ތިން ދޯންޏަކަށް އިންޑިއާ ސިފައިން އެރި މައްސަލަ ހޫނުވެފައިވާއިރު، ރޭގެ ވަގުތެއްގައި އިންޑިއާ ސިފައިން އަނެއްކާވެސް ދޯންޏަކަށް އެރި މައްސަލަ ވަނީ ފެންމަތިވެފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން މި ފަހަރު އިންޑިއާގެ ކޯސްޓު ގާޑުން ހުއްޓުވާފައިވަނީ ހއ މުޅަދޫ ބޭރުގައި އޮންނަ ކަނދުފައްޗާއި 3 މޭލު ގާތުން ދުއްވަމުންދިޔަ އުޅަނދެކެވެ. އަދި އެ ދޯންޏަށް ސިފައިން އަރާ ދޯނީގެ ފަޅުވެރިންނަށް ބިރު ދައްކާފައިވާއިރު މި މައްސަލަ ދޯނީގެ ފަރާތުން ވާނީ ކޯސްޓްގާޑާއި ހިއްސާކޮށްފައެވެ. މި ކަމާއި ގުޅިގެން އަދި ކަމާއި ގުޅޭ އެއްވެސް ބަހެއްގެ އިދާރާއެއް ލިބިފައެއް ނުވެއެވެ.

އްޖޭގެ އިގްތިސާދީ ސަރަހައްދުގައި މަސްވެރިކަން ކުރަމުން އައި ތިން ދޯންޏަކަށް އިންޑިއާ ސިފައިން އެރި މައްސަލައެއް މިދިޔަ ބުދަ ދުވަހު ފެންމަތިވެފައިވާއިރު، ޑިފެންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނި، ހއ. ދިއްދޫ އިރު އިތުރުން 72 ނޯޓިކަލް ބޭރުން، ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުގެ ތެރޭގައި މަސްވެރިކަން ކުރަމުންދިޔަ ދިވެހި ތިން ދޯންޏަކަށް އަރާފައިވަނީ އިންޑިއާގެ ކޯސްޓް ގާޑް ޝިޕް 246 އާއި އިންޑިއާގެ ކޯސްޓް ގާޑް ޝިޕް 253އަށް ނިސްބަތްވާ ބޯޑިން ޓީމަކުންކަން ކަށަވަރުކުރެވިފައިވާ ކަމަށެވެ. އަދި އެކަން ކޮށްފައިވަނީ ރާއްޖޭގެ “ކަމާ ގުޅޭ އެއްވެސް އިދާރާއަކާ ކޯޑިނޭޓް ކުރުމެއް ނެތި” ކަން އެ ބަޔާނުގައި ބުނެފައިވެއެވެ.