“އެމްވީ ފެންގް ލޫ” ނަމަކަށް ކިޔާ އާގުބޯޓެއްގައި ހުރި ފަޅުވެރިއަކު ހާލު ދެރަ ވެގެން އެމްއެންޑީއެފް ސަދަން އޭރިޔާ ކޯސްޓްގާޑު ސްކޮޑްރަންގެ އެހީގައި އައްޑޫ ސިޓީއަށް ގެންގޮސްފިއެވެ.
ޢުމުރުން 25 އަހަރުގެ މިމީހާއަކީ އިންޑޮނޭޝިއާގެ ފިރިހެނެކެވެ. އޭނާ އައްޑޫއަށް ގެނައީ މިއަދު މެންދުރު 12.20 ގައެވެ.
މި ބޯޓު ދަތުރު ކުރަމުން ދިޔައީ އައްޑޫސިޓީގެ ދެކުނުން 311 ނޯޓިކަލް މޭލު ބޭރުކަނޑުން ނެވެ.
“އެމްވީ ފެންގް ލޫ” ނަމަކަށް ކިޔާ މި އާގުބޯޓްގައި ހުރި އުމުރުން 25 އަހަރުގެ އިންޑޮނޭޝިއާގެ ފިރިހެން ފަޅުވެރިއެއްގެ ހާލު ސީރިއަސްވެ ޞިއްޙީ އަވަސް ފަރުވާއަށް އެދި އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) ގެ އެހީތެރިކަމަށް އެދިފައިވަނީ ޖަނަވަރީ މަހުގެ 16 ވަނަ ދުވަހުގެ މެންދުރުފަހު 14:45 ހާއިރުކަމަށް އެމްއެންޑީއެފް އިން ވިދާޅުވެއެވެ.
މި ރިޕޯޓް ލިބުމާ ގުޅިގެން ރާއްޖޭގެ ކަމާބެހޭ އިދާރާތަކުގެ ހުއްދައާއެކު މިބޯޓް މިއަދު ރާއްޖޭގެ ސަރަޙައްދާ ކައިރި ކުރުމުން އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ އެހީތެރިކަމާއެކު މި ބަލިމީހާ މިއަދު މެންދުރު 12:20 ހާއިރު ވަނީ އައްޑޫސިޓީގެ ފޭދޫއަށް ގެންގޮސްދީފައި ކަމަށް އެމްއެންޑިއެފުން މަޢުލޫމާތު ދެއްވައެވެ. ، މި މީހާއަށް ފަރުވާދިނުމަށް އައްޑޫ އިކްއޭޓޯރަލް ހޮސްޕިޓަލަށް މިހާރު ވަނީ ގެންދެވިފައެވެ.