English Edition
Dhivehi Edition

އެމްޑީޕީން ރައީސް އަޒުލު ކުރާ ވާހަކަ ދައްކަމުން ދަނީ 2028ގެ ރިޔާސީ އިންތިހާބުވެސް ރަައީސް ޑރ. މުއިއްޒު ކާމިޔާބު ކުރައްވާފަނެތީ ބިރުންކަމަށް އައްޑޫ މީދޫ ދާއިރާގެ ޕީއެންސީ ކެންޑިޑޭޓް ޑރ.އިޔާޒު ޖާދުއްﷲ ނަސީމް ވިދާޅުވެއްޖެއެވެ.

ރޭ، ރައީސް އައްޑޫ ސިޓީގެ ރައްޔިތުންނާއި ބައްދަލު ކުރައްވަން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އިޔާޒް ވިދާޅުވީ، މިހާރު އައްޑޫގެ ރައްްޔިތުންނަށްވެސް އަދި މާލޭގެ ދިރިއުޅޭ ރައްޔިތުންނަށް ވާހަކައެއް ކިޔާދޭން ނުޖެހޭ ވަރަށް، ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން އައްޑޫގެ ރައްޔިތުންނާއި ބަހައްޓަވާ ގާތްކަމާއި އަހަންމިއްޔަތުކަން ސާބިތުކޮށް ދެވިފައިވާކަމަށެވެ. އަދި ރައީސް ޑރ. މުއިއްޒުގެ އިހުލާސްތެރިކަން ފެންނަމުންދާ ކަމަށާއި އެމަނިކުފާނު ހުރިހާ ރަށެއްގައި ދެއްކެވި ވާހަކަތައް އަކުން އަކުރަށް ލިޔެ ޗާޕްކޮށްފައި ދީފައިވާކަމަށެވެ.

“މިފަދަ އިހުލާސްތެރި ވެރިއަކު ލިބުމުން ދެން ޖެހޭނީ، އެމަނިކުފާނު ރައްޔިތުންނަށްޓަކައި ވެވަޑައިގެންނެވި ވައުދުތައް ފުއްދޭނެ ގޮތް ރައްޔިތުންގެ ފަރާތުން ހަމަޖައްސަން. ރައީސުލްޖުމްހޫރިއްޔާއަކު ހޮވާފައި އަޅުގަނޑުމެން ވީތޯ ދެ އަތްޕުޅު ބަންނަން. އެއްވެސް ކަމެއް ނުކުރެވޭ ގޮތަށް، އެ ފުރުސަތު އަޅުގަނޑުމެން ދީގެން ނުވާނެ.” އިޔާޒު ވިދާޅުވިއެވެ.

މީގެ އިތުރުން އިޔާުޒު ވިދާޅުވީ މަޖިލީހާ ނުލާ އެއްވެސް ކަމެއް އޮމާންކޮށް ނުކުރެވޭނެކަމަށާ ފަދަ އިހުލާސްތެރި ވެރިއަކު ލިބުމުން ދެން ޖެހޭނީ، އެމަނިކުފާނު ރައްޔިތުންނަށްޓަކައި ވެވަޑައިގެންނެވި ވައުދުތައް ފުއްދޭނެ ގޮތް ރައްޔިތުންގެ ފަރާތުން ހަމަޖައްސަންކަމުގައެވެ.