English Edition
Dhivehi Edition

އިންޓަގްރޭޓެޑް ޓޫރިޒަމަށް ތަރައްގީ ކުރާ، އައްޑޫ ހަންކެޑެ މަޝްރޫއު ލޯންޗުކުރުމުގެ ގޮތުން މިރޭ އައްޑޫ ސިޓީގައި ބޮޑު ރަސްމިއްޔާތެއް ބާއްވަން ތައްޔާރުވެއްޖެއެވެ.

މި މަޝްރޫއު ލޯންޗްކުރުމުގެ ރަސްމިއްޔާތު މިރޭ 8:30 ގައި ހަންކެޑެ ސައިޓްގައި ބޭއްވުމަށް ނިންމާފައިވާއިރު މި ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވާނީ ޑިފެންސް މިނިސްޓަރު އަލީ އިހުސާނެވެ.

މި ރަސްމިއްޔާތުގައި ހަވާއެރުވުމުގެ އިތުރުން ލައިވް މިއުޒިކް ހަރަކާތްތައް ވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން ކޮމްޕެނީ އިން ވަނީ ބުނެފައެވެ.

ސަރުކާރުގެ ކުންފުނި މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން ކޮމްޕެނީ (އެމްއެފްއެމްސީ) އިން ހަވާލުކޮށްފައި ވަނީ ޗައިނާގެ ކުންފުންޏެއް ކަމަށްވާ ޗައިނާ ނޭޝަނަލް އިލެކްޓްރިކަލް އިންޖިނިއަރިން (ސީއެންއީސީސީ) އާ އެވެ. އެމަޝްރޫއަކީ 2080 އެނދުގެ ބޮޑު މަޝްރޫއެކެވެ. ބޭންކް އޮފް ޗައިނާ އިން 145 މިލިއަން ޑޮލަރު (2.2 ބިލިއަން ރުފިޔާ) ގެ ލޯނެއް ނަގައިގެން ކުރިއަށް ގެންދާ މި މަޝްރޫއާއި ގުޅޭ ގޮތުން ރައީސް ޑރ.މުއިއްޒު ވިދާޅުވީ މި މަޝްރޫއާއެކު އައްޑޫ ސިޓީގައި 1980 ވަރަކަށް ވަޒީފާ އުފެދިގެންދާނެ ކަމަށެވެ.

ހަންކެޑެ ތަރައްގީ ކުރުމަށްޓަކައި މަރަދޫ އާއި ގައުކެނޑި ގުޅުވައިދޭ ބްރިޖްގެ މަސައްކަތް ކުރަމުން އަންނައިރު މި މަޝްރޫއަކީ އައްޑޫ އަށް އިގްތިސާދީ ގިނަ ކުރިއެރުންތައް ލިބިގެންދާނެ މަޝްރޫއެކެވެ.