English Edition
Dhivehi Edition

އިންޓަގްރޭޓެޑް ޓޫރިޒަމަށް ހާއްސަކޮށްގެން ތަރައްގީ ކުރަން ނިންމާފައިވާ އައްޑޫ ހަންކެޑެ ޕްރޮޖެކްޓު “ސްކޭމް” އަކަށް ނަހައްދަވައި މިމަސައްކަތް ކުރިންވެސް ރޭވިފައިވާ ގޮތައް ކުރިއަށް ގެންދިއުމަށް އައްޑޫ ސިޓީ މޭޔަރު އަލީ ނިޒާރު ގޮވަލައިފިއެވެ.

މިއަހަރު އެޕްރީލް މަހުގެ ތެރޭގައި ލޯންޗުކުރި މި މަޝްރޫއުގެ މަސައްކަތް ފެށުމުގެ ގޮތުން އެ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައިވއެ، މި މަސައްކަތް ކުރިއަށްދާ ގޮތުން ކަންބޮޑުވުންފާޅުކޮށް ނިޒާރު ވިދާޅުވީ މި ޕްރޮޖެކްޓަކީ އައްޑޫގެ ތަރައްގީއަށް މިގަރުނުގައި ގެނެވޭނެ އެންމެ ބޮޑު އިގްތިސާދީ ހެޔޮ ބަދަލުކަމަށެވެ. ހަންކެޑެ ޕްރޮޖެކްޓަކީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އާއި އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ގެ ހިކުމަތުން އައްޑޫ ސިޓީގެ އިގްތިސާދު ބަދަލު ކޮށްލަން ފެއްޓެވި މުހިއްމު މަސައްކަތެއްކަމުގައި ނިޒާރު ވަނީ ފާހަގަކުރައްވާފައެވެ.

https://x.com/DhekunuNizar/status/1827771848953835984

އިތުރަށް ނިޒާރު ވިދާޅުވީ މިވަގުތު ހަންކެޑެ ތެރެއިން މަސައްކަތް ތަކެއް ކުރިއަށް ދާހެން ހީވި ނަމަވެސް އެކަމުން އުފަލެއް އިހްސާސް ނުކުރެވޭކަމަށެވެ. އަދިވެސް މި ޕްރޮޖެކްޓްއަށް ލިބެންޖެހޭ ފައިސާ ހޯދިފައި ނުވާކަން ފާހަގަކޮށް ނިޒާރު ވިދާޅުވީ މި މަސައްކަތުގެ ތަފްސީލީ ކުރެހުންތައް ނެތި ރަށުތެރެއިން ރުއްގަސް ކަޑަމުން ދާކަމަށެވެ. އަދި ޗައިނާގެ ބޮޑުކުންފުންޏަކުން ކުރަންޖެހޭ މަސައްކަތްތަކެއް، ބާ ވެފައިވާ ކުޑަ އެކިއުޕްމެންޓްތަކުން ގޮތްނޭގޭ ބަޔަކު ކުރަމުންދާކަމަށް ނިޒާރު ވިދާޅުވިއެވެ.

ހަންކެޑެ ތަރައްގީ ކުރަން އެމްއެފްއެމްސީން ހަވާލުކޮށްފައި ވަނީ ޗައިނާގެ ކުންފުންޏެއް ކަމަށްވާ ޗައިނާ ނޭޝަނަލް އިލެކްޓްރިކަލް އިންޖިނިއަރިން (ސީއެންއީސީސީ) އާއެވެ.