English Edition
Dhivehi Edition

މާލޭ ފިހާރައަކުން ވައްކަން ކުރި މީހަކު ހައްޔަރުކޮށް، ވަގަށް ނަގާފައިވާ ތަކެތި ފުލުހުން ހޯދައިފިއެވެ.

ފުލުހުން މީޑީއާތަކާ ހިއްސާކުރި މެސެޖެއްގައިވަނީ ގަލޮޅުގައި ހުންނަ އާލިޔާ މާޓް ފިހާރައިން ވައްކަން ކޮށްފައިވާ ކަމުގެ މައުލޫމާތު އިއްޔެ ހެނދުނު 5:50ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

މި ރިޕޯޓާއި ގުޅިގެން ގަލޮޅު ރެސްޕޮންސް، ޕެޓްރޯލް އަދި އިންވެސްޓިގޭޝަނުން ކުރަމުން ދިޔަ މަސަައްކަތުން، މައްސަލަ ރިޕޯޓް ކުރިތާ 2 ގަޑިއިރުގެ ތެރޭގައި ތުހުމަތު ކުރެވޭ އުމުރުން 29 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށް، ވަގަށް ނަގާފައިވާ ތަކެތި ހޯދާފައިވާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ފުލުހުން ވިދާޅުވި ގޮތުގައި އޭނާ ވަގަށް ނަގާފައިވަނީ ސެންޓް ފުޅިއަކާއި މޯބައިލް ފޯނެއްގެ އިތުރުން 1،205 ރުފިޔާއެވެ.

މިމައްސަލައާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.