English Edition
Dhivehi Edition

މުސްލިމު ވޯލްޑްލީގެ (ރާބިޠަތުލްޢާލަމީލް އިސްލާމީ) ގެ އެންމެ މަތީ މަޖިލީހުގެ މެންބަރަކަށް ދިވެހިރާއްޖޭގެ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އައްޔަން ކުރައްވައިފިއެވެ.

ރާބިތާގެ އެންމެ މަތީ މަޖިލީހަކީ އިސްލާމީ ދުނިޔޭގައި ފާހަގަކޮށްލެވޭ އިލްމީ ޝަހުސިއްޔަތުތައް ހިމެނޭހެން އެކުލެވިގެންވާ ރާބިތަތުލް އާލަމިލް އިސްލާމީގެ އެންމެ މަތީ މަޖިލީހެވެ. ރާބިޠާއަކީ އިސްލާމީ ދުނިޔޭގެ އެންމެ ބޮޑު އިސްލާމީ ބައިނަލްއަޤުވާމީ ޖަމިއްޔާއެވެ. އެތަނުގެ ހެޑް އޮފީސް ހުންނަނީ މާތްވެގެންވާ މައްކާގައެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ އިސްލާމީ ދުނިޔޭގެ އެންމެ ބޮޑު އިސްލާމީ ބައިނަލްއަގުވާމީ ޖަމިއްޔާގެ މަޖިލީހަށް ޝަހީމް އައްޔަންކުރެއްވީ ރާބިތާގެ ސެކްރެޓަރީ ޖެނެރަލް ޑރ. މުހައްމަދު ބިން އަބްދުލްކަރީމުލް އީސާ ކަމަށެވެ.

މިނިސްޓަރު ޝަހީމްއަކީ ދުނިޔޭގެ އެންމެ ނުފޫޒު ގަދަ 500 މުސްލިމު ލީޑަރުންގެ ލިސްޓުގައިވެސް ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.