English Edition
Dhivehi Edition
އަހުމަދު އަޝްފާން

މޯލްޑިވްސް އިމިގްރޭޝަންގެ ޑެޕިއުޓީ ކޮންޓްރޯލާކަމުގެ މަގާމަށް އަހްމަދު އަޝްފާން ހަމަޖައްސައިފިއެވެ.

އިމިގްރޭޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ އެ މުއައްސަސާގެ ޑެޕިއުޓީ ކޮންޓްރޯލާއަކަށް އަޝްފާން ހަމަޖައްސާފައިވާކަން ހާމަކޮށް އޭނާ އަށް މަރުހަބާ ކިޔާފައެވެ.

އިމިގްރޭޝަނުން ވަނީ އަޝްފާން އެ ކުންފުންޏަށް 18 އަހަރު ހިދުމަތްކޮށްދީފައިވާ ކަން ފާހަގަކޮށް އޭނާގެ ޑެޕިއުޓީ ކޮންޓްރޯލާކަމުގެ ދަށުގައި އެ މުއައްސަސާ އިތުރު އުސްއަލިތަކަށް ގެންގޮސްދެއްވާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.

އިމިގްރޭޝަންގެ ކޮންޓްރޯލާއަކަށް މިހާރު ހުންނަވަނީ މުހައްމަދު ޝަމްއާން ވަހީދެވެ.