English Edition
Dhivehi Edition
އެމްޑީޕީގެ ކެމްޕޭނު ހަރަކާތެއްގެ ތެރެއިން

ރޯދަ މަސް ނިމުމުގެ ކުރިން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ ކެމްޕޭނުގައި ދާން ރާވާފައި ހުރި ހުރިހާ ރަށަކަށް ގޮސް ނިމޭނެކަމަށް އިދިކޮޅު އެމްޑީޕީން ބުނެފިއެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވާދަކުރާ އެޕާޓީގެ ކެނޑިޑޭޓުންގެ ކެމްޕެއިންގެ އެކި ހަރަކާތްތަށް އެޕާޓީން ރާވާފައިވާގޮތަށްބާރަށް ކުރިއަށް ދާކަމަށް ވެސް ވަނީ ބުނެފައެވެ.

“މިހާރު ކުރިއަށް ދަނީ، ޑޯޓުޑޯ ހަރަކާތްތަކާއި ކެމްޕޭން ޖަލްސާތައް. ކޮންމެ ރެއަކު ވެސް އެހަރަކާތްތައް ކުރިއަށްގެންދާ އިރު، ދެތިން ދުވަހެއްގެ ތެރޭގައިކެމްޕޭން ދަތުރުތަކުގައި ކެނޑިޑޭޓުންނާއި ޕާޓީގެ ލީޑަރުން ރަށް ރަށަށް ފުރާވަޑައިގަންނަވާނެ,” -އެމްޑީޕީ-

ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 93 ދާއިރާގެ ތެރެއިން އެމްޑީޕީން 90 ދާއިރާއަކަށް ވާދަކުރަން އެމްޑީޕީން ވަނީ ނިންމާފައެވެ.