ކުޅިވަރުގެ ދާއިރާގެ ގިނަ މަޝްރޫޢުތަކެއް މިއަހަރު ތެރޭގައި ކުރިއަށް ދާނެކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ “ރައީސްގެ ޖަވާބު” ޕްރޮގްރާމަށް އާންމު ރައްޔިތަކު ދެންނެވި ސުވާލަކަށް ދެއްވި ޖަވާބުދެއްވަމުންނެވެ.
ނ.މާޅެންދޫ، ލައިފްހާޓް، މުޙައްމަދު ނިޝާމް، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ސްޕޯޓްސް އެރީނާތައް ޤާއިމުކުރެއްވުމުގެ ވަޢުދާ ގުޅޭގޮތުން ދެންނެވި ސުވާލަށް ޖަވާބު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ, ކުޅިވަރުގެ ދާއިރާއަކީ އެމަނިކުފާނުގެ ސަރުކާރުން ވަރަށް އިސްކަންދޭ ދާއިރާއެއްކަމަށެވެ.
“ކުޅުވަރު ކުޅޭ އެކިއެކި ވަސީލަތްތައް ގާއިމްކޮށްދިނުމާ ކުޅިވަރު ކުޅޭ ފަރާތްތަކަށް އެކިކަހަލަ ކަންތައްތައް ފަހިކޮށްދިނުން އެއީ ފަރުވާގެ ގޮތުން ވިއަސް ތަމްރީނުގެ ގޮތުން ވިއަސް އެކަންކަން ފަހިކޮށްދިނުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު ސިޔާސަތެއް. އެކިކަހަލަ ސްޕޯޓްސް ކޮމްޕްލެކްސްތަކެއް ރަށްރަށުގަ ގާއިމްކޮށްދުނުމާ, އެކިކަހަލަ ކޯޓުތައް އަޅައިދިނުމަކީ އަޅުގަނޑުމެން ވެފައިވާ ވައުދުތައް,” -ރައީސް މުއިއްޒު-
ރައީސް ވިދާޅުވީ މިހާރުވެސް މިފަދަ މަސައްކަތްތައް އެކި ރަށްރަށުގައި ހިނގަމުން އަންނަކަމަށެވެ.
ރައީސްގެ ޖަވާބު
3 އޭޕްރީލް 2024ނ.މާޅެންދޫ، ލައިފްހާޓް، މުޙައްމަދު ނިޝާމް، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ސްޕޯޓްސް އެރީނާތައް ޤާއިމުކުރެއްވުމުގެ ވަޢުދާ ގުޅޭގޮތުން ދެންނެވި ސުވާލަށް ރައީސުލްޖުމްހޫރިއްޔާ ދެއްވި ޖަވާބު pic.twitter.com/OjFsyvpsNX
— Government of Maldives (@governmentmv) April 3, 2024