ބަނޑުހައިވެގެން ފިހާރައަކުން ވައްކަން ކުރި ކަމަށް ބުނި އަންހެނަކު ކުރިމިނަލް ކޯޓުން ދޫކޮށްލައިފިއެވެ.
މި މައްސަލައާއި ގުޅިގެން ހައްޔަރުކުރީ 41 އަހަރުގެ އަންހެން މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓުން ވަނީ ޝަރުތުތަކަކާއެކު އޭނާ ބަންދުން ދޫކޮށްލާފައެވެ.
މި އަންހެންމީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އޭނާވަނީ ކޯޓުގައި ވައްކަންކުރި ކަމަށް އެއްބަސްވެފައެވެ. އަދި އެކަން ކުރީ ނިކަމެތި ހާލެއްގައި އުޅޭތީ، ކާނެ އެއްޗެއް ހޯދުމަށް ބޮޑު ކުށެއް ނުކުރުމަށް ކަމަށްވެސް ކޯޓުގައި ވަނީ ބުނެފައެވެ.
މީގެ އިތުރުން ކޯޓު އަމުރުގައިވަނީ އަންހެން މީހާ އޭނާ ވަގަށްނެގި ތަކެތި ފިހާރައާ ހަވާލުކޮށް ފިހާރައިގެ ވެރިން ކިބައިން މައާފަށް އެދިފައިވާކަމަށެވެ.