English Edition
Dhivehi Edition
ފުލުހުންގެ ހެޑްކުއާޓާސް، ޝަހީދު ޙުސައިން އާދަމް ބިލްޑިންގ - ފޮޓޯ: ޕޮލިސް

މާލޭގެ އެކި މިސްކިތްތަކުން ފަންކާތަކެއް ވަގަށް ނެގި މީހާގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

ފުލުހުން ބުނީ ފަންކާތައް ވަގަށް ނަގާކަން މިސްކިތްތަކުގެ ސީސިޓީވީ ފްޓޭޖްތަކުން ފެންނަން ފެށުމުން އެ މައްސަލަ ފުލުހަށް ރިޕޯޓްކޮށްފައިވާކަމަށެވެ. އަދި މި އޭޕްރީލް މަހުގެ 1 ވަނަ ދުވަހު މި މައްސަލަ އާއި ގުޅިގެން އުމުރުން 31 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ، އޭނާ ހައްޔަރު ކުރި ދުވަހުވެސް އޭނާގެ އަތުގައި ވަގަށް ނަގާފައި ވާކަމަށް ބެލެވޭ ފަންކާއެއް އޮތް ކަމަށެވެ. އަދި އޭނާ ހައްޔަރު ކުރީ ކުށުގެ ވެށިން ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

އިތުރަށް ފުލުހުން ބުނީ މި މައްސަލައިގެ ތަހުގީގު ގައި ފުލުހުން ކުރަމުން ދިޔަ މަސައްކަތުން، ވަގަށް ނަގާފައިވާ ފަންކާތަކެއް ވިއްކާލާފައި ވަނިކޮށް މިހާރުވަނީ ހޯދާފައި ވާ ކަމަށެވެ. އެގޮތުން ވަގަށް ނަގާފައިވާ 6 ފަންކާއެއް އެކި ދުވަސްމަތިން ފުލުހުން ހޯދާފައިވާކަމަށް ވަނީ ބުނެފައެވެ.

1 ކޮމެންޓް
ގޮދާ ހަސަނު
އޭޕްރީލް 3, 2024
މީހުންގެ ނިސްބަތުން މިހާާ ކުއް ކުރުން ގިނަ މުޖުތަމައެއް މިހާރު އޮންނާނެ ބާވައޭ ވެސް ބައެއް ފަހަރު ހިތަށް އަރާ. ހުރިހާވެސް މައްސަލައަކީ ގާނޫނު ތަންފީޒު ކުރާ މުއައްސަސާތައް ފެއިލްވެފައި ވުން ކަމަށް ގިނަބަޔަކު ދެކޭ .