‘ޓްރާަންސްފޯމާސް’ ފިލްމް ތަކުގެ ފަސްވަނަ ފިލްމް ‘ޓްރާންސްފޯމާސް ދި ލާސްޓް ނައިޓް’ އަކީ މައިކަލް ބޭ މި ސީރީސްގައި މަސައްކަތް ކުރާނެ އެންމެ ފަހު ފިލްމް ކަމަށް ބުނެފިއެވެ. އެހެންކަމުން ޓްރާންސްފޯމާސް ގެ ހަވަނަ ފިލްމް ޑައިރެކްޓްގައި މައިކަލް ބޭ މަސައްކަތް ނުކުރާނެއެވެ. މައިކަލް ބޭ މިކަމާ ގުޅިގެން ބުނެފައިވަނީ، އޭނާ އަށް ވާވަރަށް މި ފިލްމް ތަކުގައި މަސައްކަތް ކުރެވިއްޖެ ކަމަށް ޤަބޫލް ކުރާ ކަމަށާއި އެނާ މި ނިންމާލަނީ ވަރުގަދަ ފިލްމަކުން ކަމަށެވެ. އޭނާ އިތުރަށް ބުނެފައިވަނީ މިއީ ވަރަށް ވަގުތު ދާކަމެއް ކަމަށާއި މި ނޫނަސް އެެހެން ފިލްމުތަކުގައި މަސައްކަތް ކުރަން ބޭނުންވާ ކަމަށެވެ. މިއީ އެނާ ޓްރާާންސްފޯމާސް ސީރީސް ދޫއްކޮއްލަން ބުނި ފުރަތަމަ ފަހަރެއް ނޫނެވެ. އެނާ ވަނީ ތިންވަނަ ފިލްމުން ފެށިގެން ވެސް މިފަދަ ގޮތަކަށް ވާހަކަ ދައްކާފައެވެ. އެހެން ކަމުން މިފަހަރު މިވާހަކަތައްވެސް ޤަބޫލް ކުރަން ގިނަ މީހުންނަށް އުނދަގުލެެވެ. ނަމަވެސް އެހެން ފަހަރުތަކާ ޚިލާފަށް މިފަހަރު ޕެރަމައުންޓް އިން ދަނީ ޓްރާސްފޯމާސްގެ ‘ސްޕިން އޮފް’ ފިލްމް ތަކެއް އުފެއްދުމަށް ތައްޔާރު ވަމުންނެވެ. އަދި އޮސްކާ އެވޯޑް ހާސިލް ކޮއްފައިވާ އަކިވާ ގޯލްޑްސްމަން ގެ ބެލުމުގެ ދަށުން ފްރެންޗައިޒް ފުޅާކޮށް ބަދަލް ތަކެއް ގެނައުމަށް ޕެރަމައުންޓް އިން ވަނީ ތައްޔާރުވެފައެވެ. ޓްރާންސްފޯމާސް އަކީ ބެލުންތެރިންގެ މެދުގައި ވަރަށް މަޤްބޫލް ސީރީސް އެކެވެ. ގިނަ ފާޑު ކިއުންތައް މި ފިލްމް ތަކަށް އަމާޒް ވިނަމަވެސް ބޮކްސް އޮފީހުގައި ބޮޑެތި ކާމިޔާބީތައް މި ފިލްމްތައް ހޯދައެވެ. އެގޮތުން މުޅި ފްރެންޗައިޒް އެއްކޮށް ވަނީ 3.7 ބިލިއަން ޑޮލަރު މުޅި ދުނިޔޭގެ ސިނަމާތަކުން ހޯދާފައެވެ.