English Edition
Dhivehi Edition
ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު

އައްޑޫ ސިޓީ ހިތަދޫ އާއި ހުޅުމީދޫއާ ދެމެދު އަޅަން ނިންމާފައިވާ ބްރިޖު މަޝްރޫއުގެ މަސައްކަތް މި އަހަރު ފަށާނެކަމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ބްރިޖާއި ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުން ދައްކަމުން ދައްކާ ވާހަކަތަކާއި ގުޅިގެން ރައީސް ވަނީ އެ ވާހަކަތައް އަޑު ނޭއްސެވުމަަށް ގޮވާލާފައެވެ. ވި އައްޑޫ ހުޅުދޫ ދާއިރާގެ ޕްރޮގްރެސިވް ކޮންގްރެސް ކެންޑިޑޭޓް މުހައްމަދު ޝާހިދު (ޝާޑް)ގެ ކެމްޕެއިން އިވެންޓްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މިފަހަރަކީ އައްޑޫގެ ތަރައްގީއަށްޓަކައި ކުރަން ހުރި މަސައްކަތްތަކުގައި އެކަތިގަނޑަކަށް ވާން ޖެހޭ ފަހަރު ކަމަށެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި އައްޑޫ ސިޓީއަށް ވެ ވަޑައިގެންނެވި އެންމެ ބޮޑު ވައުދަކީ އައްޑޫ ބަރިޖު ކަމުގައި ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ސަރުކާރުން މި މަޝްރޫއުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށެވެ. މި ގޮތުން އެ މަސައްކަތުގެ ފީސިބިލިޓީ މަސައްކަތް މިހާރު ނިމިފައިވާކަން ހާމަކުރައްވަމުން ރައީސް ވިދާޅުވީ ހާރު އެ ހިނގަނީ އެ މަސައްކަތާއި ގުޅިގެން އެ ކުރެވުނު ސާވޭގެ މައްޗަށް ކުރަން ޖެހޭ އެކި ކަހަލަ ހިސާބުތަައް ހެދުމާއި ފީސިބިލިޓީގެ ބާކީ ބައިގެ އަމަލީ މަސައްކަތް ކަމަށެވެ.

މީގެ އިތުރުން ރައީސް ވަނީ އެމަނިކުފާނު ވައުދުވި ގޮތަށް 2024 ވަނަ އަހަރު ނިމުމުގެ ކުރިން އެ ބްރިޖްގެ މަސައްކަތް ފަށާނެ ކަމަަށެވެ،