English Edition
Dhivehi Edition
ފުލުހުންގެ ހެޑްކުއާޓާސް، ޝަހީދު ޙުސައިން އާދަމް ބިލްޑިންގ - ފޮޓޯ: ޕޮލިސް

މާލޭގައި ބިދޭސީ އެއްގެ އަތުން ފޭރުނު ދިވެހި އަންހެނަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ތ. ތިމަރަފުއްޓަށް ނިސްބަތްވާ އުމުރުން 30 އަހަރުގެ އަންހެނެކެވެ.

އިއްޔެ ކްރިމިނަލް ކޯޓުން އޭނާގެ ބަންދަށް 30 ދުވަސް ޖަހާފައިވާއިރު، ކޯޓު އަމުރުގައި ވަނީ އޭނާ މައްޗަށް ތުހުމަތު ކުރެވޭ ކުށް ކުރިކަމަށް، ކޮންމެވެސް މިންވަރަކަށް ހެކި ހުށަހަޅާފައިވާ ކަމަށެވެ. ހާދިސާ ހިނގި ތަނަށް ދިޔަ ފުލުހުން ތައްޔާރުކޮށްފައިވާ ހާދިސާގެ ރިޕޯޓުގައި ހުރި ތަފްސީލުތަކަށް ބަލާއިރު، ތުހުމަތު ކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ހުރި ކަމަށް ބެލެވޭ ކަމަށް ކޯޓު އަމުރުގައި ބުނެފައިވާއިރު އޭނާއަކީ ކުށުގެ ރެކޯޑް އޮތް މީހެއްކަމަށްވެސް ވަނީ ބުނެފައެވެ.

އެހެންކަމުން މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެދާނެތީ އޭނާ ބަންދު ކުރަން ކޯޓު އަމުރުގައި ވަނީ ބުނެފައެވެ.

ޓެގު