English Edition
Dhivehi Edition

އޭއޯ ރޯދައިގެ ބަދިގެ އަކީ ކޮންމެ އަހަރެއްގެ ވެސް ރަމަޟާން މަހަށް ޚާއްޞަ ކޮށްގެން އޭއޯ ނިއުސް އިން ގެނެސްދޭ ޚާއްޞަ ކޮލަމެކެވެ. މި ގޮތުން މި އަހަރުވެސް ތަފާތު ގިނަ އެކިވައްތަރުގެ މީރު ކެއުމާއި ބުއިން ތައްޔާރު ކުރާނެ ގޮތް މި ކޮލަމްގެ އެހީގައި އޭއޯ އިން ކޮންމެ ދުވަހަކުވެސް ގެނެސްދޭނެއެވެ.

އެގޮތުން ރޯދަ މަހުގެ ސޯޅަ ވަނަ ދުވަހަށް ޚާއްޞަ ކޮށްގެން ރެސިޕީއެއްގެ ގޮތުގައި މި ގެނެސްދެނީ ސްޓްރޯބެރީ ލައިމޭޑް ތައްޔާރުކުރާނެ ގޮތެވެ.

ބޭނުންވާތަކެތި:

500ގ ބޯންލެސް ކުކުޅު

1 ރަތް މިރުސް

1 ރަތް ބެލްޕެޕާ

1 ރަތް ފިޔާ

4 ލޮނުމެދު

1/2 ލުންބޯ ހުތް

3 ސައިސަމްސާ ޕާސްލީ

ރަހަލާވަރު ލޮނުކޮޅެއް

1 މޭޒުމަތީ ސަމުސާ ދިރި

1 މޭޒުމަތީ ސަމުސާ ޕެޕްރިކާ

1 މޭޒުމަތީ ސަމުސާ އޮރެގާނޯ

1/2 އަސޭމިރުސް

1 މޭޒުމަތީ ސަމުސާ ޓޮމާޓޯ ޕޭސްޓް

ކުޑަ ރަތް ކުލަކޮޅެއް

2 ސަައިސަމުސާ އޮލިވް އޮއިލް

ތައްޔާރު ކުރާނެގޮތް:

ކުކުޅުގައި ލުންބޯ ހުތް، ލޮނު އަދި އަސޭމިރުސް ލާފައި 10 ވަރަކަށް މިނެޓަށް ބަހައްޓާށެެވެ.

ދެން މަތީގައި ބުނެފައިވާ ހުރިހާ އެއްޗިހި މިކްސަރަށް އަޅާފައި ރަނގަޅަށް ސޯސް ތައްޔާރު ކޮށްލާށެވެ. މި ސޯސް ކުކުޅުގައި އުނގުޅާފައި މެެރިނޭޓް ކުރަން ފްރިޖްގައި ބަހައްޓާށެވެ.

އަވަން ހޫނުކުރަން ޖެއްސުމށްފަހު ކުކުޅުތައް ޓްރޭއެއްގައި އަތުރާލާށެވެ. އަވަން ހޫނުވުމުން ކުކުޅު ރޯފިލަންދެން ފިހެލާށެވެ.