English Edition
Dhivehi Edition

ލ. ގަން ކައުންސިލް ތުނޑީ ރަމަޟާން ކަޕް 1445 ގައި ރޭ ކުޅުނު ފުރަތަމަ ކުއާޓާ ފައިނަލް މެޗުގައި އައުޓްރީސް ސްޕޯޓްސް ކުލަބް އަދި ޔުނައިޓެޑް އައުޓްރީފް ބައްދަލު ކުރި މެޗު 2-10 ގެ ނަތީޖާއިން އިން އައުޓްރީސް ސްޕޯޓްސް ކުލަބުުން ކާމިޔާބުކޮށް ސެމީގެ ފުރަތަމަ ޖާގަ ކަށަވަރުކޮށްފިއެވެ.

ރޭ ކުޅުނު ކުއާޓާގެ ފުރަތަމަ މެޗުގައި އައުޓްރީފް ސްޕޯޓްސް ކުލަބުން ފުރަތަމަ ހާފުގައި ރަނގަޅު ކުޅުމެއް ދެއްކިއިރު، އެޓީމުން ވަނީ މި ހާފުގައި ހަ ލަނޑު ޖަހާފައެވެ. ޔުނައިޓެޑު އައުޓްރީފަށް މި ހާފުގައި ލަނޑެއް ޖެހިފައެއް ނުވެއެވެ.

އައުޓްރީފު ސްޕޯޓްސް ކުލަބުން ދެވަނަ ހާފުވެސް ފެށީ ވަރުގަދަކޮށެވެ. އެގޮތުން ލަނޑުޖަހަން ގިނަ ފުރުސަތުތަކެއް ވެސް ތަނަވަސް ކުރިއިރު، މިހާފުގައި އެޓީމުން ވަނީ ފަސް ލަނޑު ޖަހައިފައެވެ. ޔުނައިޓެޑް އައުޓްރީފުންވެސް ފަހުހާފުގައި ދެ ލަނޑު ޖަހާފައިވެއެވެ.

މި މެޗުގައި އައުޓްރީފް ސްޕޯޓްސް ކުލަބަށް ލަނޑުތައް ޖަހައިދިނީ ސާމިން މުޙައްމަދު ނަސީރު، އަޔާޒް އަޙުމަދު، އިސްމާއީލް ވަޖީހު އަދި އަލީ ހުމޭޒުއެވެ. ޔުނައިޓެޑު އައުޓްރީފް ގެ ލަނޑުތައް ޖަހައިދިނީ ހަސަން ނިމާސް އާއި ތާއިފް ޤާސިމްއެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކީ އައުޓްރީފް ސްޕޯޓްސް ކުލަބުގެ އިސްމާއީލް ވަޖީހުއެވެ.

ރޭގައި ކުޅުނު ދެވަނަ ކުއާޓާ ފައިނަލް މެޗު ކިއުއެމް ސްޕޯޓްސް އެކަޑަމީއާއި ބައްދަލުކޮށް 1-15 ގެ ބޮޑު ތަފާތަކުން ބެސްޓް ސްޕޯޓްސް ކުލަބުން ވަނީ ކާމިޔާބުކޮށްފައެވެ.

މެޗުގައި ބެސްޓް ސްޕޯޓްސް ކުލަބުން ފުރަތަމަ ހާފުގައިވެސް 8 ލަނޑު ޖަހާފައިވާއިރު ދެވަނަ ހާފުގައި އިތުރު 7 ލަނޑު ކާމިޔާބުކޮށްފައިވެއެވެ. ބެސްޓް ސްޕޯޓްސް ކުލަބުގެ އަަހުމަދު ޙަލީމް އެކަނި ރޭގެ މި މެޗުގައި ހަ ލަނޑު ޖަހާފައިވާއިރު މުޙައްމަދު އަރީޝް ވަނީ ހަތަރު ލަނޑު ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން އަބުދުުﷲ ޖުނައިދުގެ ހެޓްރިކެއް ފެނިގެން ގޮސްފައިވާއިރު އަލީ އަލްސަން ވަނީ އެއް ގޯލް ޖަހާފައެވެ. ކިއުއެމް ސްޕޯޓްސްގެ ހަމަ އެކަނި ލަނޑު ޖަހައިދިނީ މުޙައްމަދު ޖުމާން އެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ބެސްޓް ސްޕޯޓްސް ކުލަބަށް ހަ ލަނޑު ކާމިޔާބުކުރި އަޙުމަދު ހަލީމެވެ.

މި މުބާރާތުގެ ކުއާޓާ ފައިނަލުގެ ދެ މެޗު މިރޭވެސް ކުޅޭނެއެވެ. މިރޭ ކުޅޭ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ގުރޫޕް ސީގެ އެއްވަނަ ޓީމުގެ ގޮތުގައި ކުއާޓާއަށް ދިއަ ރަސްހިންނެ ސްޕޯޓްސް ކުލަބް އަދި ގުރޫޕް އޭ އިން ދެވަނަ ޓީމުގެ ގޮތުގައި ކުއާޓާއިން ޖާގަ ހޯދި ކަންމަތި ސްޕޯޓްސް ކުލަބެވެ. މި މެޗު ފަށާނީ މިރޭ 9:30 ގައެވެ.

އަދި މިރޭ ކުޅޭ ކުއާޓާ ގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ ގުރޫޕް ޑީގެ އެއްވަނަ ޓީމުގެ ގޮތުގައި ކުއާޓާއަށް ދިއަ ކިންގް ސްޕޯޓްސް ކުލަބާއި އަދި ގުރޫޕް ބީގެ ދެވަނަ ޓީމުގެ ގޮތުގައި ކުއާޓާއަށް ދިއަ ބިގް ޝޮޓްސް ސްޕޯޓްސް ކުލަބެވެ. މި މެޗު ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 10:30 ގައެވެ.

މި މުބާރާތުގެ ހުރިހާ މެޗެއްވެސް ސޮސައިޓީ ފޮރ ތުނޑީ އެޑްވާންސްމަންޓް އެންޑް ރިކްރިއޭޝަން ގެ ރަސްމީ ފޭސްބުކް ޕޭޖުން ލައިވް ކުރާނެއެވެ.

ލ. ގަން ކައުންސިލް ތުނޑީ ރަމަޟާން ކަޕް 1445، ފުޓްސަލް މުބާރާތަކީ ލ. ގަން، ސޮސައިޓީ ފޯރ ތުނޑީ އެޑްވާންސްމަންޓް އެންޑް ރިކްރިއޭޝަން (ސްޓަރ) ގެ ފަރާތުން އިސްނަގައިގެން ކޮންމެ ރަމަޟާން މަހަކު މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވަމުން އަންނަ މުބާރާތެކެވެ،

މުބާރާތުގެ ޗެމްޕިއަން ޓީމަށް 30،000 ރުފިޔާ ދޭގޮތަށް ހަމަޖެހިފައިވާއިރު ރަނަރަޕް ޓީމަށް މި އަހަރު 15،000 ރުފިޔާ ދޭނެ އެވެ.

މުބާރާތުގެ ސްޕޮންސަރުން:

ޓައިޓަލް ސްޕޮންސަރ: ލ، ގަން ކައުސިލް

ކޯ ސްޕޮންސަރ: ނޫފަރު ބްރަދާސް. ލ. ގަމު ދާއިރާގެ ޕީޕީއެމް/ޕީއެންސީ ކެނޑިޑޭޓް ޔޫޞުފް ނަޝީދު.

ބްރޮންޒް ސްޕޮންސަރ: ލެޒިޒް، މަޒީ ކެމިސްޓް، ފިނިތަރި ހޮޓާ، ބްރޯވީ މާޓް، ކަރަވަން ޓެކްސީ، ދަ ނޮޓްބައި ރޫޓް 66 ލާމު، ނޫފަރު ގޭސް، މަސްކުރި. ރީޝް.

އޮންލައިން މީޑިއާ ޕާރޓްނަރ: އޭއޯ ނިއުސް.

ކިޓް ޕާރޓްނަރ: ބަމްބަމްބީ.

ފޮޓޯގްރަފީ ޕާރޓްނަރ: އައިކެންޑީ.

މީޑިއާ ޕާރޓްނަރ: އެމްއާރު ޕްރޮޑަކްޝަން.

ޕްރިންޓިންގް ޕާރޓްނަރ: އިންކް މޯލްޑިވްސް.

ބެވަރޭޖް ޕާރޓްނަރ: ޝަބްނަމީ ހޯލްޑިން.

ޑިޖިޓަލް ޕާރޓްނަރ: ދިރާގު

މުބާރާތުގެ ސެކިއުރިޓީ އެސިސްޓެންސް: މޯލްޑިވްސް ޕޮލިސް ސާވިސް.

ލ. ގަން ކައުންސިލް ތުނޑީ ރަމަޟާން ކަޕް 1445، ފުޓްސަލް މުބާރާތުގެ އޮފިޝަލް މީޑިއާ ޕާޓްނަރަކީ “އޭއޯ ނިއުސް” އެވެ.

މި ނޫހުން މުބާރާތުގެ އެންމެ ފަހުގެ މައުލޫމާތާއި ހުރިހާ މެޗެއްގެ ހަބަރު ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.