English Edition
Dhivehi Edition
މެލޭޝިއަން އެއާލައިން

މެލޭޝިއާ އެއާލައިނުން ދިވެހިރާއްޖެއަށް ދަތުރުތައް ފެށުމަށް ތައްޔާރުވަމުން އަންނަކަމަށް އ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން އިން ބުނެފިއެވެ.

މިއަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި މެލޭޝިއާ އެއަރލައިންގެ ދަތުރުތައް ރާއްޖެއަށް ފެށުމަށް ނިންމައިފައިވާކަމަށް އެމްއެމްޕީއާރުސީ އިން ބުނެއެވެ. މިކަމާއި ގުޅޭ އެއްބަސްވުމެއްގައި މިހާރު ވަނީ ސޮއިކޮށްފައެވެ.

މެލޭޝިއާ އެއަރލައިންގެ ސީދާ ދަތުރުތައް ރާއްޖެއަށް ފެށުމަށްޓަކައި އެކަމުގެ އެއްބަސްވުމުގައި އެމްއެމްޕީއާރުސީ އާއި މެލޭޝިއާ އެއާލައިނާއި ދެމެދު ވަނީ ސޮއިކޮށްފަ. މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މެލޭޝިއާގައި މިހާރު ކުރިއަށްދާ މާޓާ ފެއާގެ ތެރެއިންނެވެ.

އެއްބަސްވުމުގައި އެމްއެމްޕީއާރުސީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ބައްސާމްއެވެ. އަދި މެލޭޝިއާ އެއަރލައިންގެ ފަރާތުން ސޮއިކުރެއްވީ ޗީފް ކޮމާޝަލް އޮފިސަރު ޑެރެނިޝް އަރެސަންދިރަން އެވެ.

މި އެއްބަސްވުމުގެ ދަށުން މެލޭޝިއާ އެއަރލައިންގެ ޝެޑިއުލް ދަތުރުތައް ރާއްޖެއަށް ބާއްވާނެއެވެ. މި ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޮގަސްޓްމަހުގެ 1 ވަނަ ދުވަހުކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.