English Edition
Dhivehi Edition
ރައީސް މުއިއްޒު

ޑްރަގަށް ފަރުވާ ކުރާ މީހުން ޖަލަށް ލުން ހުއްޓުވާ، އެ ފަރާތްތަކަށް ފަރުވާ ފުރިހަމަ ކުރެވޭނެ އިންތިޒާމު ހަމަޖައްސައިދެއްވާނެ ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވީ ރައީސް އޮފީހުން ސިލްސިލާކޮށް ކުރިއަށް ގެންދާ “ރައީސްގެ ޖަވާބު” ޕްރޮގްރާމުގައި މީހަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. މި ޕްރޮގްރާމްގައި މާލެ ސިޓީ، މއ.ސްނޯލައިޓް، އާމިނަތު ނަތާޝާ ވަނީ މަސްތުވުމުން ސަލާމަތްވުމަށް ފަރުވާ ހޯދަމުންދާ މީހުން އެ ފަރުވާ ފުރިހަމަކުރަން ފުރުސަތު ނުލިބޭކަމަށާއި، ކުރީގެ މައްސަލަތަކުގައި ޖަލަށްދާންޖެހޭ ޖެހުން ބަދަލުކޮށްދެއްވާތޯ ސުވާލުކުރައްވާފައެވެ.

އެ ސުވާލަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ މެތަޑޯން ޓްރީޓްމަންޓު ނަގާ ކުދިން އެކަން ކުރަމުން ދަނިކޮށް އަނބުރާ ޖަލަށް ގެންދަން އޮންނަ އޮތުން ބަދަލުކުރެވޭނެ ކަމަށެވެ. އަދި އެ ކަން މިހާރަށްވުރެ ހަރުދަނާކުރަން ހޯމްލޭންޑް އެންޑް ސެކިއުރިޓީ މިނިސްޓްރީއާއި ކަމާބެހޭ ފަރާތްތަކަށް އަންގަވާނެ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.