English Edition
Dhivehi Edition

އޭއޯ ރޯދައިގެ ބަދިގެ އަކީ ކޮންމެ އަހަރެއްގެ ވެސް ރަމަޟާން މަހަށް ޚާއްޞަ ކޮށްގެން އޭއޯ ނިއުސް އިން ގެނެސްދޭ ޚާއްޞަ ކޮލަމެކެވެ. މި ގޮތުން މި އަހަރުވެސް ތަފާތު ގިނަ އެކިވައްތަރުގެ މީރު ކެއުމާއި ބުއިން ތައްޔާރު ކުރާނެ ގޮތް މި ކޮލަމްގެ އެހީގައި އޭއޯ އިން ކޮންމެ ދުވަހަކުވެސް ގެނެސްދޭނެއެވެ.

އެގޮތުން ރޯދަ މަހުގެ ސާދަވަނަ ދުވަހަށް ޚާއްޞަ ކޮށްގެން ރެސިޕީއެއްގެ ގޮތުގައި މި ގެނެސްދެނީ ޕްރައުން ރައިސް ތައްޔާރުކުރާނެ ގޮތެވެ.

ބޭނުންވާތަކެތި:

2 ސައިސަމުސާ ގީ (ނުވަތަ ގިތެޔޮ)

3 ޖޯޑު ކައްކާފައި ހުރި ބަތް

1/3 ޖޯޑު ގްރީންޕީސް

1 ޖޯޑު ކެޝޫނަޓް

6 ޗެރީ ޓޮމާޓޯ

2 ޖޯޑު ރޯފިލުވާފައި ހުރި ޕްރައުންސް

1 ސައިސަމްސާ ލައިޓް ސޯޔާސޯސް

1 ޖޯޑް ކުދިކޮށް ކޮށާފައި ހުރި ފިޔާ

2 ލޮނުމެދު ކުދިކޮށް ކޮށާފައި

1 އިންޗް އިނގުރު ގާނާފައި

ތައްޔާރު ކުރާނެގޮތް:

އެންމެ ފުރަތަމަ ތަވައެއްގައި ގީ ކޮޅުހޫނުކޮށްލާށެވެ. އެއަށްފަހު ފިޔާ، ކެޝޫނަޓް ، ލޮނުމެދު، އިނގުރު އަޅާފައި މުށިކުލަ އަރަންދެން ފިޔާ މީރުކޮށްލާށެވެ. ދެން ޕްރައުންސް އާއި ޗެރީ ޓޮމާޓޯ އަޅާލުމަށްފަހު 1 – 2 މިނެޓް ވަންދެން ކައްކާލާށެވެ. ދެން ކައްކާފައި ހުރި ބަތް ކޮޅު އަދި ގްރީން ޕީސް އެޅުމަށްފަހު ހުރިހާ އެއްޗެއް އެކޮށްލުމަށް ފަހު 3 މިނެޓްވަންދެން ކައްކާލާށެވެ. 3 މިނެޓްވަންދެން ކެއްކުމަށްފަހު ސޯޔާސޯސް އެޅުމަށްފަހު ސަމްސަލުން ރަނގަޅަށް ބަތާއި ހުރިހާ ބާވަތެއް އެކޮށްލުމަށްފަހު އުނދުންމަތިން ބާލާށެވެ.