English Edition
Dhivehi Edition
ފޮޓޯ: ރައީސް އޮފީސް

ކުޑަކުދިންނަށް ޖިންސީ ގޯނާކުރި ކަމުގައި މައްސަލަތަކުގައި ހުކުމް ކޮށްފައިވާ މީހުނަށް މައާފު ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވެފައި މިވަނީ ކުޑަކުދިންގެ އޮރިޔާން ފޮޓޯ ޑައުންލޯޑު ކުރުމުން ދައުވާ ނުކޮށް ޕީޖީ އޮފީހުން ނަސޭހަތުގެ އެއްބަސްވުމެއް ހަދައިފައިވަނިކޮށެވެ.

އެކްސްގައި ރައީސް މުއިއްޒު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޑަކުދިީންނަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށް، ނުވަތަ ހުކުމް ކޮށްފައިވާ މީހުންނަށް މައާފުދިނުން، ނުވަތަ ލުއިދީ ދޫކޮށްލުމަކީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނޭ ކަމެއް ނޫން ކަމަށެވެ. މިގޮތަށް ނިންމާ ނިންމުންތައް ލަސްނުކޮށް އިސްތިއުނާފު ކުރުމަށް ސަރުކާރުން ޕީޖީގައި އެދެމުން އަންނަކަން ފާހަގަކޮށް ރަައީސްވަނީ މި ދިވެހި މުޖުތަމައަކީ އެފަދަ ނުބައި ފަރާތްތަކުގެ ނުބައި ވަކިތަކުން ސަލާމަތްވެފައިވާ މުޖުތަމައަކަށް ހެދުމަށް އެންމެން އެކުގައި މަސަކަތް ކުރުމަށް އެދިވަޑައިގެންފައެވެ.