English Edition
Dhivehi Edition
ގެއްލުން ދީފައިވާ މިސްކިިތެއްގެ ފާހާނަތަށި ހެދުމުގެ މަސައްކަތް ސިޓީ ކައުންސިލުން ކުރަނީ

ބަންޑާރަ މިސްކިތާއި ވިޔަފާރިވެރިންގެ މިސްކިތުގެ އަންހެނުންގެ ބައިގެ ބައެއް ތަކެއްޗަށް ބަޔަކު ގެއްލުން ދީފި ކަމަށް ސިޓީ ކައުންސިލުން ބުނެފިއެވެ.

މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ، ބަންޑާރަ މިސްކިތުގެ އަންހެނުންގެ ފާހާނާގެ ތަށި އަދި ވިޔަފާރިވެރިންގެ މިސްކިތުގެ އަންހެނުން ވުލޫކުރާ ބައިގެ ފެން އިސްކުރުތަކަށް ގެއްލުންދީ ހަލާކުކޮށްފައިވާ ކަމަށެވެ.

އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް އަލީ ސައީދު ވެސް ވަނީ ދެ މިސްކިތެއްގެ އަންހެނުން ނަމާދު ކުރާ ބައިތަކަށް ގެއްލުން ދިން މައްސަލަ ކުށްވެރި ކުރައްވާފަ. މިނިސްޓްރީގެ ފަރާތުން، މިކަން ބަލައި ފިޔަވަޅުއަޅާނެ ކަމަށް ވެސް ވިދާޅުވި. މިސްކިތްތަކަކީ ﷲ ގެ ގެކޮޅުތަށްކަމަށާއި, އެތަންތަނަށް ދޭންޖެހޭ ޤަދަރާއި އިޙުތިރާމް ދަމަހައްޓަންޖެހޭނެ ކަމަށެވެ.