English Edition
Dhivehi Edition
އެމްޑީޕީގެ ރައީސް އަބްދުالله ޝާހިދު

އެމްޑީޕީން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހަށް ނުކުމެ ތިބީ ދޮގަށް ފުރުސަތު ނުދޭންކަމަށް އެމްޑީޕީގެ ރައީސް އަބްދުالله ޝާހިދު ވޮދާޅުވެއްޖެއެވެ.

ވިހިވަނަ ރައްޔިތުންގެ މަޖިލީހަށް މެމްބަރުން ހޮވަން ރޯދައިގެ ފަހުން ބާއްވާ އިންތިހާބުގައި ހއ. ކެލާ ދާއިރާއަށް ވާދަކުރައްވާ އަހުމަދު ގާލިބު ކެމްޕޭނުގައި ހއ. ކެލާ އަށް ވަޑައިގެން ބޭއްވި ޖަލްސާގައި ބުރާސް ފަތި ދުވަހުގެ ރޭ ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ މިއީ އެންމެ އަވަހަށް ރައްޔިތުންގެ ނުރުހުން އަމާޒުވި ސަރުކާރު ކަމަށާއި މި ސަރުކާރު ވެރިކަމަށް އައުމަށް ދެއްކި ވާހަކަތަކާއި ހުފެންތަކަކީ ދޮގުކަން ރައްޔިތުންނަށް މިއަދު އެނގި ހާމަވަމުންދާ ކަމަށެވެ.

ސަތޭކަ ދުވަސްވީއިރު މިއަދު މިއޮތް ސަރުކާރަށް ވުރެ ރައްޔިތުން ނުރުހޭ ސަރުކާރެއް މި ދިވެހިރާއްޖޭގައި އަދި މިހާތަނަށް ގާއިމުވެފައެއް ނެތް، ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.

“ރައީސް މުއިއްޒު ހައްދަވަނީ އިތުރުފުޅު. އެމްޑީޕީން ނުކުމެ ތިބީ ދޮގުތަކަށް ފުރުސަތު ނުދޭން. ރާއްޖޭގެ މިސްރާބު ހަމަ މަގަށް އެޅުވުމަށް ޓަކައި މަޖިލިސް އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓުދޭން ޖެހޭ,” ޝާހިދު ވިދާޅުވިއެވެ.

ދޮގެއްގެ މައްޗަށް ހެވެއް ބިނާވެގެން ނާންނާނެ ކަމަށާއި ދޮގެއްގެ މައްޗަށް އަންނާނެ އެއްޗަކީ ދޮގު ކަމަށް ޝާހިދު ވިދާޅުވިއެވެ. އެ މަޅީގައި ސަރުކާރު ޖެހި ސަލާމަތް ނުވެވިގެން އުޅޭ މަންޒަރު ފެންނަމުންދާ ކަމަށާއި މިހާރު އަބަދު ސަރުކާރަށް ޖެހިފައިވަނީ ދޮގު ހެދުމާއި އޮޅުވާލަން ކަމަށްވެސް ވިދާޅުވިއެވެ.

ޓެގު