English Edition
Dhivehi Edition

ލ. ގަމުގައި މިހާރު ފެށިގެން ކުރިއަށް ދާ ، “ތުނޑީ ރަމަޟާން ކަޕް 1445” ފުޓްސަލް މުބާރާތުގެ ފޯރިގަދަ މެޗުތަކެއް މިރޭ ވެސް ކުޅޭނެއެވެ.

ލ. ގަން، ސޮސައިޓީ ފޯރ ތުނޑީ އެޑްވާންސްމަންޓް އެންޑް ރިކްރިއޭޝަން (ސްޓަރ) އިން އިންތިޒާމް ކޮށްގެން މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މި މުބަރާތުގެ ފޯރި ގަދަ ތިން މެޗެއް މިރޭ ކުޅެވޭއިރު، މިރޭ އެންމެ ފުރަތަމަ ކުޅުމަށް ހަމަޖެހިފައިވަނީ 16 އަހަރުން ދަށުގެ އުމުރުފުރައިގެ މެޗެކެވެ. މިރޭ 9:30 ގައި ފެށުމަށް ހަމަޖެހިފައިވާ މި މެޗުގައި ބައްދަލުކުރާނީ ފޮއެމަތި ޖޭއާރް އަދި ބެސްޓް ޖޭއާރްއެވެ.

މިރޭ ދެން ކުޅޭނީ 16 އަހަރުން މަތީގެ ދެ މެޗެވެ. އެގޮތުން މިރޭ 10:30 ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ކަންމަތި އެސްސީ އާއި އެފްއެމް އެސްސީއެވެ. މިއީ ގުރޫޕް އޭގެ މެޗެކެވެ.

އަދި މިރޭ 11:30 ގައި ކުޅޭ ފަހު މެޗުގައި ބައްދަލުކުރާނީ މުންޑޫ ޒުވާނުންގެ ޖަމްޢިއްޔާ އާއި ބިގް ޝޮޓްއެވެ. މިއީ ގުރޫޕް ބީގެ މެޗެކެވެ.

ތުނޑީ ރަމަޟާން ކަޕް 1445، ގައި މިރޭ ކުޅެން ހަމަޖެހިފައިވާ މެޗުތައް:

16 އަހަރުން ދަށް / ފޮއެމަތި ޖޭއާރް -– ބެސްޓް ޖޭއާރް (9:30)

16 އަހަރުން މަތި/ ކަންމަތި އެސްސީ – އެފްއެމް އެސްސީ (10:30)

16 އަހަރުން މަތި/ މުންޑޫ ޒުވާނުންގެ ޖަމްޢިއްޔާ -–ބިގް ޝޮޓް (11:30)

ތުނޑީ ރަމަޟާން ކަޕް 1445، ފުޓްސަލް މުބާރާތަކީ ލ. ގަން، ސޮސައިޓީ ފޯރ ތުނޑީ އެޑްވާންސްމަންޓް އެންޑް ރިކްރިއޭޝަން (ސްޓަރ) ގެ ފަރާތުން އިސްނަގައިގެން ކޮންމެ ރަމަޟާން މަހަކު ބާއްވަމުން އަންނަ މުބާރާތެކެވެ،

މުބާރާތުގެ ޗެމްޕިއަން ޓީމަށް 30،000 ރުފިޔާ ދޭގޮތަށް ހަމަޖެހިފައިވާއިރު ރަނަރަޕް ޓީމަށް މި އަހަރު 15،000 ރުފިޔާ ދޭނެ އެވެ.

މުބާރާތުގެ ސްޕޮންސަރުން:

ޓައިޓަލް ސްޕޮންސަރ: ލ، ގަން ކައުސިލް

ކޯ ސްޕޮންސަރ: ނޫފަރު ބްރަދާސް.

ބްރޮންޒް ސްޕޮންސަރ: ލެޒިޒް، މަޒީ ކެމިސްޓް، ފިނިތަރި ހޮޓާ، ބްރޯވީ މާޓް، ކަރަވަން ޓެކްސީ، ދަ ނޮޓްބައި ރޫޓް 66 ލާމު، ނޫފަރު ގޭސް، މަސްކުރި.

އޮންލައިން މީޑިއާ ޕާރޓްނަރ: އޭއޯ ނިއުސް.

ކިޓް ޕާރޓްނަރ: ބަމްބަމްބީ.

ފޮޓޯގްރަފީ ޕާރޓްނަރ: އައިކެންޑީ.

މީޑިއާ ޕާރޓްނަރ: އެމްއާރު ޕްރޮޑަކްޝަން.

ޕްރިންޓިންގް ޕާރޓްނަރ: އިންކް މޯލްޑިވްސް.

ބެވަރޭޖް ޕާރޓްނަރ: ޝަބްނަމީ ހޯލްޑިން.

ޑިޖިޓަލް ޕާރޓްނަރ: ދިރާގު

ތުނޑީ ރަމަޟާން ކަޕް 1445، ފުޓްސަލް މުބާރާތުގެ އޮފިޝަލް މީޑިއާ ޕާޓްނަރަކީ “އޭއޯ ނިއުސް” އެވެ.

މި ނޫހުން މުބާރާތުގެ އެންމެ ފަހުގެ މައުލޫމާތާއި ހުރިހާ މެޗެއްގެ ހަބަރު ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.