” ތުނޑީ ރަމަޟާން ކަޕް 1445 ” ގެ ނަމުގައި ބޭއްވޭ ފުޓްސަލް މުބާރާތް މިރޭ ފެށުމަށް ތައްޔާރުވެއްޖެއެވެ.
ކޮންމެ އަހަރަކުވެސް ރަމަޟާން މަހާއި ދިމާކޮށް ބާއްވަމުން އަންނަ މި މުބާރާތުގެ ކުޅުން ފެށުމަށް ނިންމާފައިވަނީ މިރޭ 09:30 ގައެވެ. މި މުބާރާތުގެ ކުޅުން ފެށިގެން ދާނީ ކުލަގަދަ ރަސްމިއްޔާތަކާއި އެކުގައެވެ. މި ރަސްމިއްޔާތު ފެށޭނީ މިރޭ 9:15 ގައެވެ. އަދި މި މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާނީ ލ. ގަން ކައުންސިލްގެ ރައީސް އަޙްމަދު ޒަކީއެވެ.
ދެ އުމުރުފުރައަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މުބާރާތުގެ ކުޅުން މިރޭ ފެށޭއިރު، މިރޭ ތިން މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. އެއީ 16 އަހަރުން މަތީގެ އުމުރުފުރައިގެން ތިން މެޗެވެ. 16 އަހަރުން ދަށުގެ މެޗުތަކުގެ ކުޅުން ފެށޭނީ މާދަމާރޭގައެވެ.
މިރޭގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ގުރޫޕު އޭގައި ހިމެނޭ އައުޓްރީފް އެސްސީ އާއި ޔޫތް ރިވޮލިއުޝަން ކުލަބެވެ. ދެވަނަ މެޗްގައި ބައްދަލު ކުރާނީ ފޮއެމަތި އެސްސީ އާއި ބެސްޓް އެވެ. އަދި މިރޭގެ ތިން ވަނަ މެޗުގައި ބައްދަލުކުރާނީ އެމްއެންޑީއެފް ސީއޭސީ އާއި ޔުނައިޓެޑް އައުޓްރީފްއެވެ.
މިރޭ ކުޅުމަށް ހަމަޖެހިފައިވާ މެޗުތައް.
9:30 : އައުޓްރީފް އެސްސީ – ޔޫތް ރިވޮލިއުޝަން ކުލަބް ( ގުރޫޕް އޭ)
10:30 : ފޮއެމަތި އެސްސީ – ބެސްޓް ( ގުރޫޕް ބީ)
23:30 : އެމްއެންޑީއެފް ސީއޭސީ – ޔުނައިޓެޑް އައުޓްރީފް ( ގުރޫޕް ސީ)
“ތުނޑީ ރަމަޟާން ކަޕް 1445” ފުޓްސަލް މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދެ އުމުރުފުރައަކަށް ބަހާލައިގެން ވަކިންނެވެ. އެއީ 16 އަހަރުން މަތި އަދި 16 އަހަރުން ދަށެވެ.
16 އަހަރުން މަތީގެ އުމުރުފުރައިން 15 ޓީމު ބައިވެރިވެފައިވާއިރު، މި ޓީމުތަކުގެ މެދުގައި ކުޅޭ ގުރޫޕް މެޗުތައް ކުރިއަށް ދާނީ ބައިވެރިވި 15 ޓީމު ހަތަރު ގުރޫޕަކަށް ބަހާލައިގެންނެވެ. ޓީމުތައް ހަތަރު ގުރޫޕަކަށް ބަހާލައިފައިވާއިރު، ގުރޫޕް ސީ ވިޔަވައި ދެން އޮތް ތިން ގުރޫޕުގައިވެސް ހަތަރު ޓީމު ހިމެނެއެވެ. ގުރޫޕް ސީގައި ހިމެނެނީ ތިން ޓީމެވެ،
16 އަހަރުން މަތީގެ ޓީމުތައް ގުރޫޕް ކުރެވިފައިވާ ގޮތް:
ގުރޫޕް އޭ: އައުޓްރީފް އެސްސީ، ޔޫތް ރިވޮލިއުޝަން ކުލަބް، ކަންމަތި އެސްސީ، އެފްއެމްއެސްސީ.
ގުރޫޕް ބީ: ފޮއެމަތި އެސްސީ، ބެސްޓް، މުންޑޫ ޒުވާނުންގެ ޖަމްޢިއްޔާ، ބިގް ޝޮޓް.
ގުރޫޕް ސީ: އެމްއެންޑީއެފް ސީއޭސީ، ޔުނައިޓެޑް އައުޓްރީފް، ރަސްހިންނެ އެސްސީ، ބަންގްލާ ޓައިގާސް.
ގުރޫޕް ޑީ: ބެސްޓް ބޯއީޒް، ކިންގް ސްޕޯޓްސް ކުލަބް، ކިއުއެމްސްޕޯޓްސް އެކަޑަމީ.
16 އަހަރުން މަތީގެ ޓީމުތަކުގެ ގުރޫޕް މަރުހަލާ މެޗުތަކަށް ފަހު، ކުއާޓާ ފައިނަލުގެ ޖާގަ ލިބޭނީ ކޮންމެ ގްރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާ ހޯދާ ދެޓީމަށެވެ. އެއީ ކޮންމެ ގުރޫޕަކުން ވެސް އެއް ވަނަ އަދި ދެވަނަ ހޯދާ ޓީމުތަކަށެވެ.
16 އަހަރުން މަތީ ޓީމުތަކުގެ މެދުގައި ކުޅެވޭ ގުރޫޕް މަރުހަލާގެ މެޗުތައް ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 14 އަށް ވާ ބުރާސްފަތި ދުވަހުގެ ރޭ 9:30 ގައެވެ. ގުރޫޕް މަރުހަލާގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ގުރޫޕް އޭ ގައި ހިމެނޭ އައުޓް ރީފް އެސްސީ އާއި ޔޫތް ރިވޮލިއުޝަން ކުލަބެވެ.
16 އަހަރުން މަތީގެ ޓީމުތަކުގެ ކުއާޓާ ފައިނަލް މިމަހުގެ 24 ވަނަ ދުވަހުގެ ރޭ ކުޅުމަށް ތާވަލް ކޮށްފައިވާއިރު، ސެމީ ފައިނަލް މެޗުތައް ކުޅޭނީ މިމަހުގެ 27 ވަނަ ދުހަގުގެ ރޭގައެވެ. އަދި ފައިނަލް މެޗު ކުލުމަށް ހަމަޖެހިފައިވަނީ މިމަހުގެ 29 ވަނަ ދުވަހުގެ ރޭގައެވެ.
މުބާރާތުގެ 16 އަހަރުން ދަށުގެ އުމުރުފުރައަށް ބަލާއިރު، މި އުމުރުފުރައިންވެސް ހަތް ޓީމު މި މުބާރާތުގައި ވާދަކުރާނެއެވެ. މި ހަތް ޓީމުގެ މެދުގައި ކުޅެވޭ ގުރޫޕް މެޗުތައް ކުރިއަށް ދާނީ ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން ގުރޫޕް އީ ގައި ހަތަރު ޓީމު ހިމެނޭއިރު، ގުރޫޕް އެފް ގައި ހިމެނެނީ ތިން ޓީމެވެ. ގުރޫޕް އީގައި ހިމެނޭ ޓީމުތަކަކީ ފޮއެމަތި ޖޭއާރް، ބެސްޓް ޖޭއާރް، ކަންމަތި ނިއު ޖެނެރޭޝަން އަދި ބްލެކް ސްޓްރީޓް އެވެ. އެފް ގައި ހިމެނޭ ޓީމުތަކަކީ ރަސްހިންނެ ބާބާ އެސްސީ، އައުޓްރީފް ޖޭއާރް އަދި ޑިޓްރޮއިޓްސް ޖޭއާރްއެވެ.
16 އަހަރުން ދަށުގެ ޓީމުތައް ގުރޫޕް ކުރެވިފައިވާ ގޮތް:
ގުރޫޕް އީ: (އީ1)- ފޮއެމަތި ޖޭއާރް، (އީ2)- ބެސްޓް ޖޭއާރް، (އީ3)- ކަންމަތި ނިއުޖެނެރޭޝަން، (އީ4)- ބްލެކް ސްޓްރީޓް.
ގުރޫޕް އެފް: (އެފް1)- ރަސްހިންނެ ބާބާ އެސްސީ، (އެފް2)- އައުޓްރީފް ޖޭއާރް، (އެފް3)- ޑިޓްރޮއިޓްސް ޖޭއާރް.
16 އަހަރުން ދަށުގެ ޓީމުތަކުގެ ގުރޫޕް މަރުހަލާގެ މެޗުތަކަށް ފަހު ދެން ކުޅޭނީ ސެމީ ފައިނަލުގެ މެޗުތަކެވެ. ސެމީފައިނަލުން ޖާގަ ލިބޭނީ ދެ ގުރޫޕުން ވެސް އެންމެ ރަނގަޅު ނަތީޖާ ހޯދާ ހަތަރު ޓީމަށެވެ. އެއީ ގުރޫޕް އޭގެ އެއްވަނަ އަދި ދެވަނަ ހޯދާ ޓީމުގެ އިތުރުން ގުރޫޕް ބީ އިންވެސް އެއްވަނަ އަދި ދެވަނަ ހޯދާ ޓީމަށެވެ.
16 އަހަރުން ދަށުގެ ގުރޫޕް މަރުހަލާގެ މެޗުތައް ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 15 ވަނަ ދުވަހުގެ ރޭ 9:30 ގައެވެ. ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ފޮއެމަތި ޖޭއާރް އަދި ބެސްޓް ޖޭއާރްއެވެ.
16 އަހަރުން ދަށުގެ ސެމީ ފައިނަލުގެ މެޗުތައް މިމަހުގެ 26 ވަނަ ދުވަހުގެ ރޭ ކުޅުމަށް ތާވަލް ކޮށްފައިވާއިރު، ފައިނަލް މެޗު ކުޅޭނީ މިމަހުގެ 28 ވަނަ ދުވަހުގެ ރޭގައެވެ.
މިފަހަރުގެ މުބާރާތުގައި ރާއްޖޭގެ ނަން މަޝްހޫރު ފުޓްސަލް ކުޅުންތެރިންނާއި ފުޓްބޯޅަ ކުޅުންތެރިން ފެނިގެންދާނެއެވެ. ޚާއްޞަކޮށް މިފަހަރުގެ ގޯލްޑެން ފުޓްސަލް ޗެލެންޖް ފުޓްސަލް މުބާރާތުން ފާހަގަވި ގިނަ ހުނަރުވެރި ކުޅުންތެރިން މި މުބާރާތުން ފެނިގެންދާނެއެވެ. މިއީ މިފަހަރުގެ މި މުބާރާތް ފޯރިގަދަވެ، ވާދަވެރިކަން އިތުރުވެގެންދާނޭ ސަބަބެކެވެ.
THUNDI RAMAZAN CUP 1455 MATCH SCHEDULE
މުބާރާތުގެ ޗެމްޕިއަން ޓީމަށް 30،000 ރުފިޔާ ދޭގޮތަށް ހަމަޖެހިފައިވާއިރު ރަނަރަޕް ޓީމަށް މި އަހަރު 15،000 ރުފިޔާ ދޭނެ އެވެ.
މުބާރާތުގެ ސްޕޮންސަރުން
ޓައިޓަލް ސްޕޮންސަރ: ލ، ގަން ކައުސިލް
ކޯ ސްޕޮންސަރ: ނޫފަރު ގްރަދާސް.
ބްރޮންޒް ސްޕޮންސަރ: ލެޒިޒް، މަޒީ ކެމިސްޓް، ފިނިތަރި ހޮޓާ، ބްރޯވީ މާޓް، ކަރަވަން ޓެކްސީ، ދަ ނޮޓްބައި ރޫޓް 66 ލާމު.
އޮންލައިން މީޑިއާ ޕާރޓްނަރ: އޭއޯ ނިއުސް
ކިޓް ޕާރޓްނަރ: ބަމްބަމްބީ
ފޮޓޯގްރަފީ ޕާރޓްނަރ: އައިކެންޑީ
މީޑިއާ ޕާރޓްނަރ: އެމްއާރު ޕްރޮޑަކްޝަން
ޕްރިންޓިންގް ޕާރޓްނަރ: އިންކް މޯލްޑިވްސް
ބެވަރޭޖް ޕާރޓްނަރ: ޝަބްނަމީ ހޯލްޑިން
ޑިޖިޓަލް ޕާރޓްނަރ: ދިރާގު
ތުނޑީ ރަމަޟާން ކަޕް ފުޓްސަލް ކަޕްގެ އޮފިޝަލް މީޑިއާ ޕާޓްނަރަކީ “އޭއޯ ނިއުސް” އެވެ. މި ނޫހުން މުބާރާތުގެ އެންމެ ފަހުގެ މައުލޫމާތާއި ހުރިހާ މެޗެއްގެ ހަބަރު ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.