English Edition
Dhivehi Edition

‏ސ. ހިތަދޫ ބަނދަރު މަސައްކަތަށް ބޭނުންވާ ކޮންކްރީޓު ގަލުގެ ދެވަނަ ޝިޕްމެންޓް ގެންގޮސްފިއެވެ.

އެމްޓީސީސީ އިން ބުނީ ހިތަދޫ އިހުގެ ބަނދަރުގެ ބޭރުތޮށި ލުމުގެ މަޝްރޫޢު (ދެވަނަ ފިޔަވަހި) ގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ދެވަނަ ޝިޕްމަންޓް ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައިވާ ކަމަށެވެ.

އެ ކުންފުނިން ބުނީ މި މަޝްރޫޢުގެ ދަށުން 5.88 ހެކްޓަރުގެ ސަރަޙައްދެއްގެ ބިން ހިއްކުމާއި، 419 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމަށް ނންމާފައިވާ ކަމަށެވެ. އަދި 270 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމާއި، 728 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމަށް ވެސް ނިންމާފައިވާ ކަމަށެވެ.

މީގެ އިތިރުން 5455 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، ސޮކޯ އޭޕްރަނެއް ހެދުމާއި، 12 މީޓަރު ދިގު 12 މީޓަރު ފުޅާ ރޭމްޕެއް ހެދުމަށް ނިންމާފައިވާ ކަމަށް ވެސް ބުނެއެވެ. އަދި 10 މީޓަރު ދިގު 96 މީޓަރު ފުޅާ ބްރިޖެއް ހެދުމުގެ މަސައްކަތް ވެސް ހިމެނޭ ކަމަށް ބުންނެވެ.

މި މަޝްރޫޢުއަކީ 130.26 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.