English Edition
Dhivehi Edition
ފޮޓޯ: އުރީދޫ

އުރީދޫގެ އަހަރީ ޖަލްސާ ނިންމާލައިި، ހިއްސާއަކަށް 3.27ރ ގެ މަގުން ބަހަން ފާސްކޮށްފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ 8:30 ގައި ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވި ޖަލްސާގައި ބައެއް ޝެއާ ހޯލްޑަރުން “ފަހި ވޯޓު” މެދުވެރިކޮށް އޮންލައިންކޮށްވެސް ވަނީ ބައިވެރިވެފައެވެ.

މި ޖަލްސާގައި ކުންފުނީގެ ހިއްސާދާރުންގެ ތެރެއިން 123 މީހުންނާ، 60 ޕްރޮކްސީ ހޯލްޑަރުން ވަނީ ބައިވެރިވެފައެވެ. މިގޮތުން ހިއްސާގެ ފައިދާ ބަހަން ފާސްވީ ހިއްސާދާރުންގެ 83 ޕަސެންޓުގެ ވޯޓުންނެވެ.ހިއްސާއަކަށް 3.27ރ ގެ މަގުން 484 މިލިއަން ރުފިޔާ ހިއްސާގެ ފައިދާގެ ގޮތުގައި އުރީދޫން ބަހާނެ އެވެ.

އުރީދޫއިން 2022 ވަނަ އަހަރު ހިއްސާގެ ގޮތުގައި ބަހާފައިވަނީ 3.04ރ ގެ މަގުންނެވެ. މީގެ އިތުރުން އުރީދޫ އޮޑިޓް ކޮށްފައިވާ މާލީ ބަޔާންތައް ވެސް މި ޖަލްސާގައި ފާސްކޮށްފައިވާއިރު، އެ ކުންފުނިން ވަނީ މި އަހަރުގެ އޮޑިޓަރުގެ ގޮތުގައި ކޭޕީއެމްޖީ ކަނޑައަޅައި، އުޖޫރައެއްގެ ގޮތުގައި 940،620 ރުފިޔާ ދިނުމަށް ކަނޑައަޅާފައެވެ.

ޓެގު