English Edition
Dhivehi Edition

“ޕޭޕަލް” ފަދަ އޮންލައިންކޮށްފައިސާ ހޯދައިގެން މަންފާ ހޯދޭނެ ވޮލެޓުތައް ދިވެހިރާއްޖެއިން ވަރަށް އަވަހަށް ލިބެން ފަށާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

ޒުވާނުން ބާރުވެރިކުރުމާއި، މައުލޫމާތާއި ފަންނާއި ބެހޭ ވުޒާރާގެ ފަރާތުން ބާއްވާ ޔޫތު ހެކަތޯން ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަދައްކަވަމުން, ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ވިދާޅުވީ އީ ވޮލެޓް ތައާރަފްކޮށް ޕޭޕަލް ފަދަ ހިދުމަތްތައް ރާއްޖެއަށް ތައާރަފްކުރުމުގެ މަސައްކަތް މިހާރުވެސް ސަރުކާރުން އަންނަނީ ކުރަމުންނެވެ.

“އީ-ވޮލެޓު ތައާރަފްކޮށްދީ، ބޭރުގެ ފަރާތްތަކަށް ސަރވިސްތައް ވިއްކައިގެން އެ ލިބޭ މަންފާ، ފައިނޭންޝިއަލް ބެނިފިޓު ޑައިރެކްޓްލީ ޖީބަށް އާދެވޭނެ މެކޭނިޒަމްތައް ވީ އެންމެ އަވަހަކަށް ތައާރަފްކުރުން، އެމަސައްކަތްދަނީ ކުރެވެމުން، ޕޭޕާލް ފަދަ ސަރވިސްތައް މެދުވެރިކޮށް ސަރވިސްތަކަށް ޕޭމަންޓު ލިބޭނެގޮތް ވަރަށް އަވަހަށް ހަމަޖެހިގެންދާނެ،,” -ހޯމް މިނިސްޓަރު-

ޔޫތު ހެކަތޯނަކީ ދިވެހި ޒުވާނުން އައު އީޖާދުތައް އުފައްދާ، ނެޓްވޯރކު ކުރުމާއި، މައުލޫމާތު ބަދަހިކޮށް އަދި އައު ހިޔާލުތަކާއި ހައްލުތައް އުފެއްދުމުގެ ޕްލެޓްފޯމެއް ފޯރުކޮށްދިނުމަށް ބާއްވާ ހަރަކާތެކެވެ. މި ހެކަތޯންގައި ޓެކްނޮލޮޖީގެ ދާއިރާގައި މަސައްކަތް ކުރާ ގިނައަދަދެއްގެ ޒުވާން އަންހެނުން ބައިވެރިވެފައިވާތީ އެކަން ވެސް މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ. މިނިސްޓަރު ވިދާޅުވީ ގިނައަދަދެއްގެ ދިވެހި ޒުވާން އަންހެނުން ޓްކްނޮލޮޖީގެ ދާއިރާއި މަސައްކަތް ކުރާކަމަށާއި, އެއީ ގައުމަށް އޮތް ހެޔޮ ފާލެއްކަމަށެވެ.

ދިވެހިރާޢްޖޭގައި އިންޓަނެޓު މެދުވެރިކޮށް, ވިޔަފާއިރާއި ތަފާތު މަސައްކަތް ކޮށްގެން ބޭރު ފައިސާއިން ހޯދާ މަންފާ ރާއްޖޭގެ ބޭންކުތަކަށް ނުވެއްދޭތީ ޒުވާނުންގެ ގިނަބަޔަކު އަންނަނީ އެކަމާ ޝަކުވާކުރަމުންވެ. ރިޔާސީ އިންތިހާބުގެ 2023 ވަނައަހަރު މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ, މުހައްމަދު މުއިއްޒު ވަނީ ދިވެހިރާއްޖެއަށް ޕޭޕަލް ފަދަ ހިދުމަތްތައް ތައާރަފްކޮށްދޭނެކަމަށް ވައުދުވެ ވަޑައިގެންފައެވެ.

މިފަދަ ހިދުމަތްތައް ދިވެހިރާއްޖެއަށް ތައާރަފްވެއްޖެނެމަ, ދިވެހިރާއްޖޭގައި ވަޒީފާ އާއި އާމްދަނީ ނެތި ދިރިއުޅޭ ގިނައަދަދެއްގެ ބަޔަކަށް މަންފާ ހޯދަން ލުއިތަކެއްލިބި, ދިވެހިރާއްޖޭގެ އިގްތިސާދީ ހާލަތު ވަރަށްބޮޑުތަނުން ރަނގަޅުވާނެކަމަށް ފަންނީ ތަޖުރިބާކާރުންވަނީ ވިދާޅުވެފައެވެ.