English Edition
Dhivehi Edition

ރާއްޖެ އިސްލާވި ދުވަހުގެ މުނާސަބަތުގައި ބާއްވާ ހަރަކާތްތައް މިރޭ ފަށާނެ ކަމަށް ހޯމްމިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އެމިނިސްޓްރީން ވިދާޅުވީ މިހަރަކާތައް ފަށާނީ މިރޭ މަޣުރިބް ނަމާދަށްފަހު ދުވަހާ ގުޅޭގޮތުން ރާއްޖޭގެ ހުރިހާރަށެއްގައި ކުރާ ޚާއްސަ ދުޢާއަކުން ކަމަށެވެ.

މާލޭގައި އެ ދުޢާކުރުން އޮންނާނީ އިސްލާމީ މަރުކަޒުގައި ކަމަށް ހޯމްމިނިސްޓްރީން ވިދާޅުވެފައިވެއެވެ. ރަށްރަށުގައި ދުޢާކުރުން އޮންނާނީ އެރަށެއްގެ ކައުންސިލުން ކަނޑައަޅާ މިސްކިތެއްގެވެ.

ރާއްޖެ އިސްލާމްވި ދުވަހުގެ ޚާއްސަ ޖަލްސާ އޮންނާނީ މިމަހު 21 ވަނަދުވަހުރޭ އިސްލާމީ މަރުކަޒުގައެވެ.

ތާރީޚު ބުނާގޮތުން ރާއްޖެ އިސްލާމްވީ ހިޖުރައިން 548 ވަނައަހަރުގެ ރަބީއުލް އާޚިރު މަހުގެ ދެވަނަ ދުވަހުއެވެ. އެއީ މީލާދީން 1153 ވަނަ އަހަރުގެ ޖޫންމަހެވެ.