English Edition
Dhivehi Edition
އަބްދުﷲ ޝާހިދު - ފޮޓޯ: ޓްވިޓާ (ފޮރިން މިނިސްޓްރީ)

މި ސަރުކާރުން ވެރިކަމަށް އައިސް ބޮޑު ތަނުން ރައްޔިތުންނަށް އޮޅުވާލާފައިވާ ކަމަށާ ސަރުކާރުގެ މިސްރާބު ގެއްލި، ކަތިވެ، ފާލުން ނެއްޓިފައިވާ ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ރޭ ވިދާޅުވެއްޖެއެވެ.

ވާ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި އެމްޑީޕީގެ “މިސްރާބު ހަމަ މަގަށް” ކެމްޕެއިން ލޯންޗު ކުރުމަށް ބޭއްވި ޖަލްސާގައި ޝާހިދު ވިދާޅުވީ އެމްޑީޕީން ނުކުތީ މިސްރާބު ހަމަ މަގަށް އެޅުވުމަށް އާ ޖޯޝަކާއި އާ ފޯރިއަކާއި އާ އަޒުމަކާ އެކުގައި ކަމަށެވެ. އެމްޑީޕީ އަކީ ރާއްޖެ ބަދަލުކޮށްލި ޕާޓީކަން ފާހަގަކުރައްވަމުން ޝާހިދު ވިދާޅުވީ އެ ޕާޓީން ގޮވަމުން ދަނީ ރާއްޖެ އަލުން ހަމަ މަގަށް އެޅުވުމަށް ކަމަށެވެ.

މީގެއިތުރުން ޝާހިދު ވިދާޅުވީ ބޭރު ދުނިޔޭގައި ރާއްޖެ އިން ބާކީވާން ފެށި އިރު، އަނިޔާވެރިކަން ތިލަވާން ފަށައި ހައްގުތައް ހަނިކުރަން ފަށާފައިވާ ކަމަށެވެ. “ދިވެހި ރައްޔިތުން އެއް އަޑަކުން ގޮވަމުން ދަނީ ދޮގު ދޮލަނގު ކުނިވެއްޖެއޭ. ދޮގު ދޮލަނގުގައި ފުޅަ އަޅައްޕޭ. ދޮގު ދޮލަނގަށް ސަލާމޭ، ވައްސަލާމޭ. ފުދިއްޖެއޭ، ދެން ހޯހޯއޭ. ދެން ވަރިހަމައޭ.” ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވަނީ މިފަހަރުގެ މަޖިލިސް އިންތިހާބު އެމްޑީޕީ އަށް ކާމިޔާބުކޮށް ދިނުމަށް އެދިވަޑައިގެންފައެވެ.