English Edition
Dhivehi Edition
ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު

މި ސަރުކާރުން ލޯނު ނަގާނީ ރައްޔިތުން މުއްސަނދިވާގޮތަށް ކަމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީ މަރަދޫ އަދި މަރަދޫފޭދޫ ރައްޔިތުންނާއި ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މި ސަރުކާރުން ކުރިއަށްގެންދަން ހުރި މަޝްރޫޢުތައް ކުރިއަށްގެންދާއިރުގައި ލޯނު ނަގާނީ، އެއްކަމަކަށް ރައްޔިތުން މުއްސަނދިވާގޮތަށް ކަމަށެވެ. އެއީ ރައްޔިތުންގެ ޖީބަށް ފައިސާ ލިބޭ ގޮތަށް ކަމަށް ރައީސް ވިދާޅުވިއެވެ.

“ނިމިދިޔަ 5 އަހަރު އެކި މަޝްރޫޢުތައް ހިންގުމުގެ ނަމުގައި ނެގި ލޯނުތަކުން ދިވެހިންނަށްވެސް އަދި ރާއްޖޭގެ އިޤްތިޞާދަށްވެސް ވީ ފައިދާއެއް ނެތް,” ރައީސް ވިދާޅުވިއެވެ.

ނިމިދިޔަ 5 އަހަރު އެކި މަޝްރޫޢުތައް ހިންގުމުގެ ނަމުގައި އެހާ ބޮޑެތި އަދަދުތަކުން ލޯނު ނަގާ ގައުމުގެ އިގްތިޞާދީ ޙާލަތު އަނދަވަޅަކަށް ވައްޓާލާފައިވާކަމަށާއި, ދިވެހި ރައްޔިތުންނަށް މި މަޝްރޫޢުތަކުން ލިބުނު މުއްސަނދި ކަމެއް ނެތް ކަމަށް ރައީސް ވިދާޅުވިއެވެ.، ރާއްޖޭގެ އިޤްތިޞާދަށް ފައިދާ ނުވިތާގައި ރައްޔިތުން މުއްސަންޖެއްވެސް ނުވި ކަމަށް ރައީސް ވިދާޅުވިއެވެ.

“މި ސަރުކާރުގެ މަސަައްކަތްތައް ފެށިގެން ދިޔައިރުގައި 17 ނޮވެމްބަރު، އެ ދުވަހު އަޅުގަނޑު ރައްޔިތުންނާއި މުޚާތަބު ކުރައްވާ ދެންނެވިން ޤައުމު އޮތީ ވަަރަށް ބޮޑު އަނދަވަޅެއްގެ ތެރެއަށް ވެއްޓިފައޭ، އެއީ އިޤްތިޞާދީ ބޮޑު އަނދަވަޅެކޭ. އެބަ އޮތް120 ބިލިއަން ރުފިޔާގެ ބޮޑު ދަރަންޏެއް، މިއި ޒަމާނަކު ރާއްޖޭގެ އިޤްތިޞާދީ ޙާލަތު ނުވެއްޓޭހާ ބޮޑު އަނދަވަޅަކަށް ވެއްޓިފައި އޮތީ، އެތައް ސަތޭކަ ބިލިއަން ރުފިޔާގެ ލޯނު ކޮންމެ އަހަރަކު ނަގަމުން ދިޔައީ,” -ރައީސް މުއިއްޒު-

މިދިޔަ 5 އަހަރު ނިމުނުއިރު 120 ބިލިއަން ރުފިޔާގެ ބޮޑު ދަރަންޏެއް އޮތްއިރު ރާއްޖޭގެ އިޤްތިސާދީ ހާލަތު ވަނީ މިއިން ޒަމާނަކު ނުވެއްޓޭހާ ބޮޑު އަނދަވަޅަކަށް ވެއްޓިފައި ކަމަށާއި، މިދިޔަ 5 އަހަރުގެ ތެރޭގައި އެތައް ސަތޭކަ ބިލިއަން ރުފިޔާގެ ލޯނު ކޮންމެ އަހަރަކު ނަގަމުން ގޮސްފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.