ރައީސުލްޖުމްހޫރިއްޔާ އަބްދުއްﷲ ޔާމީން އަބްދުލް ގައްޔޫމް ބަލިކުރެވޭ ވަރުގެ ސިއްރުތައް އުމަރު އަތުގައި ހުރި ކަމަށް އުމަރުވަނީ ގާސިމް އިބްރާހީމަށް ވިސްނައިދީފައިކަމަށް ތިމަރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހަންމަދު މުސްތަފާ ވިދާޅުވެއްޖެއެވެ
އުމަރުއިދިކޮޅު އިއްތިހާދުގައި ހިމެނޭ ޖުމްހޫރީ ޕާޓީއަށް ސޮއި ކުރެއްވުމާއިއެކު އިއްތިހާދުގައި ހިމެނޭ އެމްޑީޕީގެ ގިނަ މެމްބަރުން ނުރުހުންފާޅުކޮށް ވާހަކަދައްކަވަމުންދާއިރު މުސްތަފާވަނީ ޓުވިޓާގައި އުމަރުއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އުމަރު އަށް ވަރަށް ބޮޑު ފާޑުވިދާޅުވެ ވާހަކަދައްކަމުން މުސްތަފާ ވިދާޅުވީ އުމަރު އަކީ ރައީސްޔާމީނަށް ވުރެ މީހުން ރުޅި އަންނަ މީހެއް ކަމަށެވެ. އަދި އުމަރުގެ ސަބަބުން ގުޅިފައިވާ ޕާޓީތަކުގައި ކަތުރުފަނި އަޅާފައިވާ ކަމަށް މުސްތަފާ ވަނީ ވިދާޅުވެފައެވެ.މީގެ އިތުރުން މުސްތަފާ ވިދާޅުވީ އުމަރުއަކީ މަޖިލީސް މެމްބަރެއް ނޫންކަމަށާއި ސިޔާސީ އެއްވެސް ރައުސުލް މާލެއް ހުރި ފަރާތެއް ނޫންކަމަށެވެ
ޓުވިޓާގައި އުމަރުއަށް ބަހުގެ ހަމަލަތާއް އަމާޒުކުރަމުން މުސްތަފާ ވިދާޅުވީ އުމަރު އަކީ އެހެން މީހުންނާއި އެކު އުޅެން އެނގޭކަހަލަ މިޒާޖެއް ހުރި ފަރާތެއް ނޫންކަމުގައެވެ. އަދި ކަމަކަށް ހަރަދުކުރެވޭ ފެންވަރުގެ ފަރާތެއް ނޫންކަމަށް ވިދާޅުވެ މުސްތަފާ ވަނީ އުމަރު އަކީ ކާކުތޯ ސުވާލުކުރައްވާފައެވެ