English Edition
Dhivehi Edition
މުހައްމަދު ލަމްއާން

ދައުލަތުގެ މާލިއްޔާ ހަރުދަނާ ވާނީ އެމް.ޑީ.ޕީގެ ދޯހަޅި އިގްތިސާދީ ސިޔާސަތަށް ނޫނެކޭ ބުނެގެންކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ލަމްއާން ވިދާޅުވެއްޖެއެވެ.

މިއަދު ‘އެކްސް’ ގައި ކުރެއްވި ޕޯސްޓެއްގައި ލަމްއާން ވިދާޅުވީ މިސަރުކާރާ ހަވާލުވިއިރު ބޭރުގެ ދަރަނި ދައްކަން އުފައްދާފައިވާ ޑޮލަރު ރައްކާކުރާ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑުގައި ހުރީ އެންމެ 2 މިލިއަން ޑޮލަރުކަމަށެވެ. އެހެންނަމަވެސް ފައިސާ ޗާޕު ނުކޮށް، މަޝްރޫއުތައް ހިންގުމާ އެކު އެ ފަންޑަށް 35 މިލިއަން ޑޮލަރު މި ސަރުކާރުން މިހާރު ޖަމާކޮށްފައިވާކަމަށް ލަމްއާން ވަނީ ވިދާޅުވިއެވެ.

 

މީގެ އިތުރުން ލަމްއާން ވިދާޅުވީ އަދުގެ ރައީސް ޑރ މުއިއްޒުގެ މާލީ ސިޔާސަތު ހަރުދަނާވާނެކަމަށާ މުސްތަގުބަލައް ވިސްނައި، ދިވެހީންގެ ރާއްޖެ މަޖިލީހަށް ހޮވަންވީ ޕީޕީއެމް/ޕީއެންސީ ކެންޑިޑޭޓުންކަމަށެވެ.