English Edition
Dhivehi Edition
ޝަމީމް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --ފޮޓޯ/މިހާރު

ޕްރެސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމަށް ދިން ނުރައްކާތެރި ހަމަލާއާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފިއެވެ.

އިއްޔެ ދަރިފުޅު ސްކޫލަށް ގެންގޮސް އެނބުރި ގެއަށް ވަޑައިގެންނެވި މަގުމަތީގައި، ގޭ ދޮރުމަތިން ޕީޖީ ޝަމީމަށް ސައިކަލެއްގައި އައި ދެ މީހުން ދިން ހަމަލާގައި ޝަމީމްގެ ވައަތުގެ އުޅަނބޮށިން ތިރީގެ ބައެއް ކަށިތަކުގައި ރެނދުލާފައިވެއެވެ.

ޝަމީމަށް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ދިނުމަށް ފަހު، ގެއަށް ދޫކޮށްލާފައިވާއިރު އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ވިދާޅުވީ މި މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައި ހިސާބުން ފެށިގެން ފުލުހުންގެ ހުރިހާ ވަސީލަތެއް ބޭނުންކޮށްފައިވާނެ ކަމަށެވެ. އަދި މި ހަމަލާގައި ފުލުހުންގެ އިންޓަލިޖެންސް ޔުނިޓާއި ފްރަންޓް ލައިންގައި މަސައްކަތް ކުރައްވާ ބޭފުޅުންނާއި ތަހުގީގު ޓީމުތަކުން ވަރަށް ބުރަކޮށް މަސައްކަތްކޮށްފައިވާނެކަމަށް ޝުޖާއު ވިދާޅުވިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހުންނާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް ފުލުހުން ހާމަކޮށްފައި ނުވާއިރު، މިއީ ތަހުގީގުގެ ފުރަތަމަ މަރުހަލާ ކަމަށް ވާތީ އިތުރު މައުލޫމާތު ދެވެން ނެތްކަމަށް ޝަމީމް ވަނީ ވިދާޅުވެފައެވެ.