ށ. ފޯކައިދޫގައި އިސްލާމީ މަރުކަޒެއް އެޅުމަށް ފެނަކަ ކޯޕަރޭޝަނާއި ހަވާލުކޮށްފިއެވެ.
މި މަސައްކަތްތައް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެޗްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއި ފެނަކަ ކޯޕަރޭޝަން ލިމިޓެޑާއެވެ.
މި މަސައްކަތުގެ އެއްބަސްވުމުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި ފެނަކަ ކޯޕަރޭޝަނާއި ދެމެދު ސޮއި ކުރެއްވީ، ރައީސުލްޖުމުޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްލާމީ ދާއިރާތަކުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ މަޝްރޫއުތަކުގެ ޢަމަލީ މަސައްކަތް ފެށުމަށް ކުންފުނިތަކާއެއެކު އެއްބަސްވުމުގައި ސޮއި ކުރުމަށް އިއްޔެ އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ބޭއްވެވި ހާއްސަ ހަފްލާގައެވެ.
މި އެއްބަސްވުމުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ފަރާތުން ސޮއި ކުރެއްވީ އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުއެވެ. އަދި ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މޭޖަރ (ރޓޑ) މުހައްމަދު ނަޖާހުއެވެ.
މި އިސްލާމީ މަރުކަޒަކީ ނަމާދުކުރާ ބައިގެ އިތުރުން ހޯލަކާއި ލައިބްރަރީއަކާއި ކުލާސްރޫމްތައް ހިމެނޭ އިސްލާމީ މަރުކަޒެއްކަން ފާހަގަކޮށްލެވެއެވެ.
މި މަސައްކަތް ފެނަކައާއި ހަވާލުކޮށްފައިވަނީ މަސައްކަތް ފަށާތާއި 900 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.