English Edition
Dhivehi Edition

މިހާރު ކުރިއަށްދާ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި އުރީދޫ މޯލްޑިވްސްގެ ވަރަށް ހާއްސަ އޮފަރއެއް ކުރިއަށް ގެންދެއެވެ.

ގޯލްޑަން ފުޓްސަލް މެޗުތައް ކުރިއަށް ގެންދާ ދުވަސްދުވަހު ރެހެންދި ޓާރފު، ހުޅުމާލޭގައި ބެހެއްޓިފައިހުރި އުރީދޫ ޓެންޓުން އުރީދޫގެ ސާރވިސް އެއް ނަންގަވައިގެން ކޮންމެ ހަފްތާއަކު އަގުހުރި އިނާމެއް ލިބޭ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ.

އުރީދޫ މޯލްޑިވްސްގެ ޕްރީޕެއިޑް، ޕޯސްޓްޕެއިޑް ނުވަތަ ސުޕަރނެޓް ޙިދުމަތް އަދި 5ޖީ ޑިވައިސްއެއް ނެގި ކަމުގައިވިޔަސް މި ލަކީ ޑްރޯ ގައި ބައިވެރިވެވޭނެއެވެ. އަގުހުރި އެތައް އިނާމެއް ހިމެނިފައިވާއިރު، މީގެ ތެރޭގައި ޓީވީ، ފްރިޖް، ސޯފާ، އަވަން ފަދަ ބޭނުންތެރި އިނާމުތައް ވަނީ ހިމެނިފައެވެ.

މި ޕްރޮމޯޝަން ކުރިއަށްދާނީ މާރިޗު މަހު ގޯލްޑަން ފުޓްސަލް ޗެލެންޖު ނިމުމާއި ހަމައަށެވެ. ރެހެންދި ޓާފުގައި ބެހެއްޓިފައިވާ އުރީދޫ ޓެންޓުގައި އުރީދޫ ޓީމުން ކަސްޓްމަރުންނަށް އެހީތެރިވުމަށް ހަރަކާތްތެރިވަމުންދާނެއެވެ.

ޓެގު