English Edition
Dhivehi Edition
ކްރިމިނަލް ކޯޓު - ފޮޓޯ: އަވަސް
މާރާމާރީ ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީ އަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ފުލުހުން ބުނީ މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ އުމުރުން 27 އަހަރުގެ ނިވިން ރާޖާ ކިޔާ އިންޑިއާ މީހެއްކަމަށެވެ.
އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެ ކޯޓުން އިއްޔެ ވަނީ އޭނާގެ ބަންދަށް 10 ދުވަސް ޖަހައިފައެވެ.

އޭނާ ބަންދުނުކޮށް ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ކޯޓު އަމރުގައި ބުނެފައިވާއިރު އިތުރަށް މި އަމުރުގައިވަނީ އޭނާއަކީ ރާއްޖޭގައި އިމިގުރޭޝަންގެ ގާނޫނާ ހިލާފަށް އުޅެމުންދާ މީހެކެވެ.